އުރީދޫގެ ބިޒްނަސް ޕާޓްނަރަކަށް ވެސްޓޯ މޮބައިލް

އުރީދޫގެ ބިޒްނަސް ޕާޓްނަރަކަށް ވެސްޓޯ މޮބައިލް ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތު - ފޮޓޯ: އުރީދޫ
އުރީދޫގެ ބިޒްނަސް ޕާޓްނަރަކަށް ވެސްޓޯ މޮބައިލް ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތު – ފޮޓޯ: އުރީދޫ

 

އުރީދޫ މޯލްޑިވްސްއިން އެކުންފުނީގެ އައު ބިޒްނަސް ޕާރޓްނަރ، ވެސްޓޯ ހަމަޖައްސައިފިއެވެ.

އުރީދޫއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިޕާރޓްނާރޝިޕްގެ ދަށުން އުރީދޫގެ ހުރިހާ ޚިދުމަތްތަކެއް ވެސްޓޯ ސްޓައިލް (މަޖީދީމަގު) އަދި ވެސްޓޯ 4 (ލޮނުޒިޔާރަތްމަގު) އިން ލިބޭނެ ކަމަށެވެ.

އަދި އުރީދޫއިގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އިތުރަށް ފުޅާކުރުމުގެ ގޮތުން ވެސްޓޯރއާއިއެކު މިވެވުނު ޕާރޓްނަރޝިޕްގެ ދަށުން ރާއްޖޭގެ ގިނަބައެއްގެ އިތުބާރު ހޯދާފައިވާ ވެސްޓޯ އިން އުރީދޫގެ ގިނަގުނަ ޚިދުމަތްތައް އެކްސްކްލޫސިވްކޮށް ލިބިގެންދާނެ ކަމަށް ވެސް އުރީދޫއިން މައުލޫމާތުދެއެވެ.

” އުރީދޫގެ ބިޒްނަސް ޕާރޓްނަރ ވެސްޓޯއަށް މަރުޙަބާ ކިޔަން، މި ޕާރޓްނަރޝިޕް އަކީ އަޅުގަނޑުމެންގެ އިތުރުވަމުންދާ ކަސްޓަމަރުންނަށް ފަސޭހަކަމާއިއެކު ހިދްމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ ޑިސްޓްރިބިއުޝަން ޗެނަލް އަށް ލިބުނުް ވަރަށް ބޮޑު ކުރިއެރިމެއް.” އުރީދޫގެ ޗީފް ޓެކްނޮލޮޖީ އޮފިސަރ، ސަންޖޭ ވަގާސިޔާ ވިދާޅުވިއެވެ.

ބިޒްނަސް ޕާރޓްނަރ އެއްބަސްވުމުގެ ދަށުން، ވެސްޓޯއިން އުރީދޫގެ ހުރިހާ ޚިދުމަތްތަކެއް ލިބޭނެއެވެ. އޭގެ ތެރޭގައި ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަނެކްޝަންސް، ޑޭޓާ ކަނެކްޝަންސް، ބިލަށް ފައިސާ ނެގުން އަދި ސިމް ބަދަލުކޮށްދިނުން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.