ދޮންފަނު ބައި އިލެކްޝަން އަންނަ މަހު 31 ގައި

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން
ލޯކަލް ކައުންސިލް އިންތިހާބުގައި މީހަކު ވޯޓްލަނީ-- ފައިލްފޮޓޯ
ލޯކަލް ކައުންސިލް އިންތިހާބުގައި މީހަކު ވޯޓްލަނީ– ފައިލްފޮޓޯ

 

ބ. ދޮންފަނު ކައުންސިލް ބައި އިލެކްޝަން އަންނަ މަހުގެ 31 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ދޮންފަނު ކައުންސިލްގެ ގޮނޑިއެއް ހުސްވެފައި ވަނީ އެ ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޔޫސުފް ނައުޝާދު ކައުންސިލަރުކަމުން އިސްތިއުފާ ދެއްވުމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ބައި އިލެކްޝަންގައި ވާދަކުރުމުގެ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުންކުރެ، އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި މިމަހުގެ 28 ވަނަ ދުވަހުގެ ހަވީރު 3:00 އާއި ހަމައަށް މިފުރުސަތު އޮންނާނެ ކަމަށެވެ.

ދޮންފަނު ކައުންސިލްގައި މިހާރު ތިއްބެވީ ޖުމްހޫރީ ޕާޓީގެ އަންހެން ދެ ކައުންސިލަރަކާއި އެމްޑީޕީގެ ކައުންސިލަރަކާއި އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ ކައުންސިލަރެކެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...