ތިނަދޫގައި ދިރާގުގެ ދެވަނަ ޕާޓްނަރ ފިހާރަ ހުޅުވައިފި

ތިނަދޫގައި ހުޅުވުނު ދިރާގުގެ ދެވަނަ ޕާޓްނަރ ފިހާރަ - ފޮޓޯ: ދިރާގު
ތިނަދޫގައި ހުޅުވުނު ދިރާގުގެ ދެވަނަ ޕާޓްނަރ ފިހާރަ – ފޮޓޯ: ދިރާގު

ގދ. ތިނަދޫގައި، ދިރާގުގެ އައު އެކްސްކްލޫސިވް ޕާޓްނަރ ފިހާރައެއް ހުޅުވައިފިއެވެ.

“ހަތަ ފިއުލްސް” ފިހާރައަކީ، ތިނަދޫގައި، ދިރާގުގެ އެކްސްކްލޫސިވް ޕާޓްނަރެއްގެ ގޮތުގައި ހުޅުވުނު ދެވަނަ ފިހާރައެވެ. އަދި އެ އަތޮޅުގައި ހުޅުވުނު ދިރާގުގެ ތިންވަނަ އެކްސްކްލޫސިވް ޕާޓްނަރ ފިހާރަ އެވެ.

ތިނަދޫ ދާނާ މަގުގައި ހުންނަ މި ފިހާރަ، ކޮންމެ ދުވަހަކުވެސް ހެނދުނު 09:00 އިން 12:00 އަށް، 14:00 އިން 18:00 އަށް އަދި 20:00 އިން 23:00 އަށް ހުޅުވިފައި ހުންނަ އިރު، ހުކުރު ދުވަހު މި ފިހާރަ ހުޅުވިފައި ހުންނާނީ 14:00 އިން 18:00 އަށް، އަދި 20:00 އިން 23:00 އަށެވެ.

މި ފިހާރައިން ދިރާގު ފޯނު ބިލްތައް ދެއްކުމުގެ ޚިދުމަތް ދެވޭ އިރު، ޕްރީޕެއިޑާއި ދިރާގު ޓަޗްނެޓް ކިޓް ދޫކުރުމާއި، ސިމް ރީޗާރޖް ކުރުމާއި ރީލޯޑް ކުރުމުގެ ޚިދުމަތް ވެސް ލިބެން ހުންނާނެއެވެ.

މި ފިހާރަ ހުޅުއްވައިދެއްވީ، ގދ.ތިނަދޫ ރަށު ކައުންސިލްގެ ނާއިބު ރައީސް އިބްރާހިމް އައްސަދެވެ. އަދި ފިހާރަ ހުޅުވުމަށް ފަހު، ދިރާގުން ވަނީ އެސަރަހައްދުގައި ކުޑަކުދިންގެ ހަވީރެއް ބާއްވާފައެވެ.

މި ފިހާރައާ އެކު، ދިރާގުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބިލް ދެއްކުމުގެ ޚިދުމަތް ދެވޭ މަރުކަޒުތަކުގެ އަދަދު 45 އަށް ވަނީ އަރާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.