ތުޅާދޫގެ ފެނުގެ ނިޒާމާއި ނަރުދަމާގެ މަސައްކަތް ބެލެހެއްޓުން ހަވާލުކޮށްފި

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން
އެންވަޔަރުމެންޓް މިނިސްޓްރީން މިއަދު ބޭއްވި ރަސްމިއްޔާތުގައި ހަބްޝީއާ ރަސްމީކޮށް މަސައްކަތް ހަވާލުކޮށްދެއްވަނީ-- ހަވީރު ފޮޓޯ:
އެންވަޔަރުމެންޓް މިނިސްޓްރީން މިއަދު ބޭއްވި ރަސްމިއްޔާތުގައި ހަބްޝީއާ ރަސްމީކޮށް މަސައްކަތް ހަވާލުކޮށްދެއްވަނީ– ހަވީރު ފޮޓޯ:

 

ބ. ތުޅާދޫ ހިމެނޭ ގޮތަށް ހަތަރު ރަށެއްގެ ފެނުގެ ނިޒާމު އަދި ފަސް ރަށެއްގެ ނަރުދަމާ ނިޒާމުގެ ޑިޒައިނާއި އަމަލީ މަސައްކަތް ބެލެހެއްޓުމަށް ކުވެއިތުގެ އަލް-ހަބްޝީ ކޮންސަލްޓެންޓާ ހަވާލުކޮށްފި އެވެ.

ޝީ ބިލްޑިންގްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހަބްޝީ ކޮންސަލްޓެންޓާއި މަސައްކަތް ހަވާލުކޮށްދެއްވީ ތިމާވެއްޓާ ބެހޭ މިނިސްޓަރު ތާރިގް އިބްރާހިމެވެ. ހަބްޝީ ކޮންސަލްޓެންޓުގެ ފަރާތުން މަސައްކަތާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ އަލް ހަބްޝީ އެވެ.

މި މަޝްރޫއަށް 20 މިލިއަން ޑޮލަރު ހަރަދުވާއިރު ދިވެހި ސަރުކާރުން 1.9 މިލިއަން ޑޮލަރު ހޭދަކުރެ އެވެ. އަދި އޮފިޑުން 18.9 މިލިއަން ޑޮލަރު ހަރަދުކުރާނެ އެވެ.

މި މަޝްރޫއުގެ ދަށުން ބ. ތުޅާދު އާއި ނ. ވެލިދު އާއި ރ. ހުޅުދުއްފާރުގެ އިތުރުން ގއ. ކޮލަމާފުށި އަދި ގދ. ގައްދޫގައި ނަރުދަމާގެ ނިޒާމް ގާއިމް ކުރާނެ އެވެ.

ފެނުގެ ނިޒާމު ގާއިމުކުރުމަށް ހަމަޖެހިފައި ވަނީ ބ. ތުޅާދު އާއި ނ. ވެލިދު އާއި ރ. ހުޅުދުއްފާރުގެ އިތުރުން ގއ. ކޮލަމާފުށީގަ އެވެ.

މި މަޝްރޫއުގައި ސޮއި ކުރާތާ 24 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެ އެވެ. / ހަވީރު

ކޮމެންޓްސް (0)

ލޯޑް ކުރަނީ...