ކަނޑުތޮށީގެ ބޮޑު ބައެއް ހަދާ ނިމިއްޖެ: ކަމަދޫ ކައުންސިލް

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން
ކަނޑުތޮށީގެ ބޮޑު ބައެއް ވަނީ ނިމިފައި - ފޮޓޯ: ކަމަދޫ ކައުންސިލް
ކަނޑުތޮށީގެ ބޮޑު ބައެއް ވަނީ ނިމިފައި – ފޮޓޯ: ކަމަދޫ ކައުންސިލް

 

 ބ. ކަމަދޫ ކަނޑުތޮށީގެ ހަލާކުވެފައި އޮތް ސަރަހައްދު ހެދުމުގެ މަސައްކަތުގެ ގާތްގަނޑަކަށް %80 މިހާރު ނިމިފައި ވާ ކަމަށް ކަމަދޫ ކައުންސިލުން ބުނެފި އެވެ.

ކަމަދޫ ކައުންސިލުގެ މެންބަރު އަލީ މައުސޫމު ވިދާޅުވީ ކަނޑުތޮށީގެ ހަލާކުވެފައި އޮތް ސަރަހައްދު ހެދުމުގެ މަސައްކަތަކީ ސީދާ ރައްޔިތުންގެ ބަޖެޓުން ހަރަދު ކޮށްގެން ކުރާ މަސައްކަތެއް ކަމަށެވެ.

އޭނާ ވިދާޅުވީ ކަމަދޫގެ މަދު އަދަދެއްގެ ރައްޔިތުންނާއި ކައުންސިލުގެ ހުރިހާ މެމްބަރުންގެ އެ މަސައްކަތުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ކަމަށެވެ. އަދި ކަނޑުތޮށި ހަލާކުވެފައިވާ ބައި މިހާރު ހަދާ ނިމުމުން ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހަ ކަމެއް ލިބިގެން ދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އާބާދީގައި ގާތްގަނޑަކަށް 420 މީހުން ދިރިއުޅޭ ކަމަދޫގައި ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ ބަނދަރުގެ މައްސަލަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...