އެކުވެރިކަމުގެ އަންހެން ފުޓްބޯޅަ މެޗެއްގައި ބޮޑު ތަފާތަކުން ކިހާދޫ ބަލިވެއްޖެ

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން
ދޮންފަނު އަންހެން ފުޓްބޯޅަ ޓީމު
ދޮންފަނު އަންހެން ފުޓްބޯޅަ ޓީމު

 

ޗުއްޓީ ބަންދާއި ދިމާކޮށް މިއަދު އަމިއްލަ ރަށުގައި ދޮންފަނާއެކު ކުޅުނު އެކުވެރިކަމުގެ އަންހެން ފުޓްބޯޅަ މެޗުން ބޮޑު ތަފާތަކުން ކިހާދޫ ބަލިވެއްޖެއެވެ.

ދޮންފަނު އަންހެން ފުޓްބޯޅަ ޓީމާއި ވާދަކޮށް ކިހާދޫ އަންހެން ޓީމް ބަލިވީ 0-5 އިންނެވެ. އަމިއްލަ ރަށުގައި ކުޅުނު ނަމަވެސް މިއަދުގެ މެޗުގައި ކިހާދޫއަށް ދޮންފަނުގެ މައްޗަށް ކާމިޔާބު ހޯދޭވަރުގެ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މި މެޗުގައި ދޮންފަނު ޓީމުން ޖެހި ފަސްގޯލްގެ ތެރެއިން ދެގޯލް ޖެހީ ރާއްޖޭގެ އަންހެން ގައުމީ ޓީމުގައި ހިމެނޭ އައިމިނަތު ފަޒްލާ އެވެ. ފަހު ހަތަރު ގޯލް ދެވަނަ ހާފްގައި ޖަހާފައިވަނީ މަރިޔަމް ރިޝްރީން އާއި އައިޝަތު މުނާ އަދި މަރިޔަމް ހުދާއެވެ.

ދޮންފަނު ޓީމުން ވަނީ މިމަހު ކުރީކޮޅު އޭދަފުށީ އަންހެން ޓީމާއި އެކުވެސް އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. އެ މެޗް 2-1 އިން ކާމިޔާބުކުރީ އޭދަފުށީ އަންހެން ޓީމެވެ.

ދޮންފަނު ކައުންސިލުން ބުނީ ފިރިހެން ޓީމެކޭ އެއްގޮތަށް އަންހެން ޓީމު ކުރިއެރުވުމަށްވެސް އެ ކައުންސިލުން މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އަދި ފުޓްބޯޅައިގައި ދޮންފަނު މިހާރު ކުރިއަރަމުން އަންނަކަމަށާއި ބަންދާއި ދިމާކޮށް ސިލްސިލާ މެޗުތަކެއް އަންނަ އަހަރުވެސް ކުޅޭނެކަމަށް އެރަށު ކައުންސިލުން ބުންޏެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...