ދޮންފަނު ކައުންސިލު ބައި އިލެކްޝަން ޖޭޕީ އަށް

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން
އަބުދުﷲ އަހުސަނު
އަބުދުﷲ އަހުސަނު

 

31ޑިސެންބަރު 2014 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބ. ދޮންފަނު ބައި އިލެކްޝަންގައި އެހެން ފަރާތަކުން ވާދަ ނުކުރާތީ ޖުމްހޫރީ ޕާޓީން ވާދަ ކުރާ ކެންޑިޑޭޓަށް ގޮނޑި ކަށަވަރުވެއްޖެ އެވެ.

ދޮންފަނު ބައި އިލެކްޝަންގެ ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ދުވަހު ހަވީރު އިލެކްޝަންސް ކޮމިޝަން ބަންދު ކުރުމާއި ހަމައަށް ދޮންފަނު ބައި އިލެކްޝަންގައި ބައިވެރިވުމަށް ފޯމު ހުށަހަޅާފައިވަނީ ޖޭޕީގެ ކެންޑިޑޭޓު އަބުދުﷲ އަހުސަނާއި، އެމްޑީޕީގެ ފަރާތުން ވާދަ ކުރާ ކެންޑިޑޭޓު ހުސައިން އާމިރެވެ. ނަމަވެސް ހުސައިން އާމިރުގެ ފަރާތުން ހުށަހެޅި ފޯމުގައި ބައެއް މައުލޫމާތު ފުރިހަމަ ނުވާތީ އާމިރަށް އިންތިހާބުގައި ވާދަ ނުކުރެވޭ ކަންވަނީ އަންގާފަ އެވެ.

ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ގޮނޑި ކާމިޔާބުވިކަން އަދި އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައެއް ނުވެއެވެ.

ދޮންފަނު ކައުންސިލުގެ ބައި އިލެކްޝަން ބާއްވަން ނިންމާފައިވަނީ އެ ކައުންސިލުގެ ނައިބް ރައީސްގެ މަގާމުގައި ހުރި ޔޫސުފު ނައުޝާދު އިސްތިއުފާ ދެއްވުމުންނެވެ.

“ކުރިން ވެސް އަޅުގަނޑުމެން ބުނަމުން އައީ ދޮންފަނު ގޮނޑި ﷲގެ އިރާދަފުޅާއެކު ކާމިޔާބު ކުރާނެ ކަމަށް. އަޅުގަނޑުމެންގެ ކެންޑިޑޭޓަކީ ދޮންފަނުގައި ތާއީދު އޮތް ކެންޑިޑޭޓެއް،” ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވިއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...