ބޮޑެތި ޑޭޓާ އެލަވަންސް ހިދުމަތްތަކެއް ދިރާގުން ތައާރަފު ކޮށްފި

ބޮޑެތި ޑޭޓާ އެލަވަންސް ހިދުމަތްތަކެއް ދިރާގުން ވަނީ ތައާރަފު ކޮށްފައި
ބޮޑެތި ޑޭޓާ އެލަވަންސް ހިދުމަތްތަކެއް ދިރާގުން ވަނީ ތައާރަފު ކޮށްފައި

 

ތްރީ ޖީ އަދި ފޯ ޖީ ބޭނުންކުރުމަށް ބޮޑެތި ޑޭޓާ އެލަވަންސް ލިބޭ ޕަވަ ޑޭޓާ ޕްލޭނަކާއި ޕަވަ ޕްލަސް ޑޭޓާ ޕްލޭންގެ ހިދުމަތް ދިރާގުން ތައާރަފްކޮށްފި އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖަ މާކެޓިން ޕަބްލިކް ރިލޭޝަންސް އިބްރާހިމް އިމްޖާދު ޖަލީލް ވިދާޅުވީ މޯބައިލް ފޯނުތަކަށް ހާއްސަކޮށްފައިވާ ޑޭޓާ ޕްލޭން ސާވިސްގެ ހިދުމަތާއެކު 500 އެމްބީ އިން ފެށިގެން 15 ޖީބީ އާ ހަމައަށް ޑޭޓާ އެލަވަންސް ލިބޭނެ ކަމަށެވެ. އަދި އެންމެ ކުޑަ އެކްސެސް ޔޫސޭޖް ޗާޖެއް މިހާރު ލިބިގެންދާނީ ވެސް ދިރާގުން ކަމަށާއި މިހާރު އެކްސެސް ޔޫސޭޖުގެ ގޮތުގައި ކަނޑާނީ އެމްބީ އަަކަަށް 10 ލާރި ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި މޮބައިލް ޕްރޮޑަކްޓަ ޑިވެލޮޕްމެންޓް އެކްޒެކްޓިވް އަހްމަދު އިޝާން ވިދާޅުވީ ޕަވަ ޑޭޓާގެ ޕްލޭނުގައި ހަ ޕެކޭޖެއް ހިމެނޭ ކަމަށެވެ.

“މަހު ފީ އަކަށް 99 ނުވަ ރުފިޔާ އަށް އަޅުގަނޑުމެން މި ދެނީ 500 އެމްބީ. އަދި 189 ރުފިޔާ އަށް 1.5 ޖީބީ، 249 ރުފިޔާ އަށް 2.5 ޖީބީ، 449 ރުފިޔާ އަށް 5.5 ޖީބީ، 649 ރުފިޔާ އަށް 8 ޖީބީ އަދި އެންމެ ބޮޑު ޕެކޭޖަށް 949 ރުފިޔާ އަށް 15 ޖީބީ،” އޭނާ ވިދާޅުވި އެވެ.

ޕޯސްޓްޕެއިޑެއް، ޕްރިޕެއިޑް ނުވަތަ ޓަޗްނެޓް ޕޯސްޓްޕެއިޑް އަދި ޓަޗް ނެޓް ޕްރިޕެއިޑް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ޕަވަޑޭޓާ ޕްލޭން ބޭނުން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕަވަ ޕްލަސް ޑޭޓާ ޕްލޭނަކީ އެއްފަހަރާ ގިނަ މީހުންނަށް ޝެއާކުރަން ބޭނުންވާ މީހުންނަށް ހާއްސަ ހިދުމަތެއް ކަމަށާއި އެ ހިދުމަތެއް ބޭނުން ކުރެވޭނީ ހަމައެކަނި ސިމް ކާޑު ނުވަތަ ޓަޗްނެޓް ޕޯސްޓްޕެއިޑް ބޭނުން ކުރާ ފަރާތްތަކަށް ކަމަށް އިޝާން ވިދާޅުވި އެވެ.

“ޕަވަ ޕްލަސް ޑޭޓާ ޕްލޭންގައި އަޅުގަނޑުމެން އެބަ ތައާރަފުކުރަން 25 ޖީބީން ފެށިގެން 100 ޖީބީއާ ހަމައަށް. މި ޕެކޭޖުތަކުގެ ތެރެއިން 25 ޖީބީ މިއީ 1299 ރުފިޔާ ކޮންމެ މަހަކު ދައްކަވާ ގޮތަށް. ޕަވަ ޕްލަސް 50 ޖީބީ މިއީ 1899 ރުފިޔާ، ޕަވަ ޕްލަސް 75 ޖީބީ މިއީ 2599 ރުފިޔާ އަދި ޕަވަ ޕްލަސް 100 ޖީބީ މިއީ 2999 ރުފިޔާ.”

އޭގެ އިތުރުން ޕަވަޕްލަސް ޑޭޓާ ޕްލޭންގައި ނަގާފައިވާ ޕެކޭޖު މަސް ހުސްވުމުގެ ކުރިން ޕެކޭޖް ހުސްވި ނަމަވެސް އިތުރަށް އެއްވެސް ވަރެއް ޗާޖު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުުުރުން ދިރާގުން މިއަދު ވަނީ ގިނަ މީހުންނަށް ބޭނުން އިންޓަނެޓް ބޭނުން ކުރެވޭ ފޯޖީ “މަައިފައި” ޑިވައިސް އަކާއި ފޯ ޖީ ރައުޓައެއް ތައާރަފުކޮށްފަ އެވެ. އިޝާން ވިދާޅުވީ ޓަޗްނެޓް ޑޮންގުލްއާ އެއްގޮތަކަށް ތައްޔާރުކޮށްފައިވާ މަައިފައި ޑިވައިސް ބޭނުންކޮށްގެން އެއް ފަހަރާ 10 މީހުންނަށް ޑޭޓާ ބޭނުން ކުރެެވޭނެ ކަމަށެވެ. އަދި ރައުޓަރު ބޭނުންކޮށްގެން 32 މީހުންނަށް އިންޓަނެޓް ޝެއާ ކުރެވިދާނެ ކަމަށް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.