ފުވައްމުލަކަށް 4ޖީގެ ހިދުމަތް ދޭން ދިރާގުން ފަށައިފި

ފުވައްމުލަކަށް 4 ޖީގެ ހިދުމަތް ދިނުމަށް ދިރާގުން ބޭއްވި އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން – ފޮޓޯ / ދިރާގު
ފުވައްމުލަކަށް 4 ޖީގެ ހިދުމަތް ދިނުމަށް ދިރާގުން ބޭއްވި އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން – ފޮޓޯ / ދިރާގު

 

ދިރާގުގެ މޮބައިލް އިންޓަނެޓް ހިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން، ފުވައްމުލަކުގައި 4ޖީ އެލްޓީއީ މިއަދު ތައާރަފުކޮށްފި އެވެ.

ފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް އެރަށަށް ތައާރަފުކޮށް ދެއްވީ ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް ފަލާހު ޝަރީފާއި ދިރާގު ބޯޑުގެ ޗެއާމަން ރިލްވާން ޝަރީފެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ އިސްމާއިލް ވަހީދު ވިދާޅުވީ ހަލުވި ސްޕީޑެއްގައި އިންޓަނެޓް ހިދުމަތް ލިބެން ފެށުމުން، ފުވައްމުލަކު ރައްޔިތުންނަށާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވެސް ލުއި ފަސޭހަތަކެއް ވާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ދިރާގުގެ 4ޖީ ޚިދުމަތް ބޭނުންކުރުމަށް ތައާރަފުކުރެވުނު ޑިވައިސްތަކުގެ އިތުރުން ދިރާގުން 3ޖީ އަދި 4ޖީ އަށް ފަރުމާކޮށްފައިވާ ބޮޑެތި ޑޭޓާ ޕްލޭންގެ މައުލޫމާތުތައްވެސް ވަނީ ހިއްސާކޮށްފަ އެވެ.

މުއާސަލަތީ ހިދުމަތް ދޭ މައި ކުންފުނި، ސިރާގުން ފުވައްމުލަކުގައި 4ޖީ އެލްޓީއީ ތައާރަފްކުރި އިރު، އެ ކުންފުނިން މިހާރު ވަނީ ގއ. ވިލިނގިލި، ގދ ތިނަދޫ، ހދ. ކުޅުދުއްފުށީ ޅ. ނައިފަރަށްވެސް މި ޚިދުމަތް ރަސްމީކޮށް ތައާރަފުކޮށްފަ އެވެ.

ދިރާގުން ބުނި ގޮތުގައި މިއާއެކު މިހާރު ރާއްޖޭގެ އާބާދީގެ 50 ޕަސެންޓަށް  އެލްޓީއީ 4ޖީ ޚިދުމަތްދެވިފައިވާއިރު، ދިރާގުގެ 4ޖީ ނެޓްވޯކަކީ މިހާރު ރާއްޖޭގެ އެންމެބޮޑު އަދި އެއްމެ ހަލުވި ސްޕީޑް ލިބޭ 4ޖީ ނެޓްވޯކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.