އުރީދޫން މޮބައިލް ޓީވީގެ ހިދުމަތް ފޯނުތަކަށް

އިންޓަނެޓް ޓީވީ ހިދުމަތް ދިނުމުގެ އެއްބަސްވުން، އުރީދޫގެ ކޮމާޝަލް ޑިރެކްޓަރ، އެސްޕީ ސަރަތީ އާއި ޕްލޭކާސްޓްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޔާޒު ބަދަލުކުރައްވަނީ -- ފޮޓޯ: އުރީދޫ
އިންޓަނެޓް ޓީވީ ހިދުމަތް ދިނުމުގެ އެއްބަސްވުން، އުރީދޫގެ ކޮމާޝަލް ޑިރެކްޓަރ، އެސްޕީ ސަރަތީ އާއި ޕްލޭކާސްޓްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޔާޒު ބަދަލުކުރައްވަނީ — ފޮޓޯ: އުރީދޫ

 

ރާއްޖޭގެ ޓީވީ ޗެނަލްތައް ސްމާޓް ޑިވައިސްތައް ބޭނުންކޮށްގެން ބަލާލެވޭނެ ހިދުމަތް އުރީދޫއިން ތައާރަފްކޮށްފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ލައިވް ޓީވީގެ ހިދުމަތް ތައާރަފު ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކޭބަލް ޓީވީ ހިދުމަތް ދިނުމުގެ ލައިސަންސް ލިބުނު ޕްލޭކާސްޓް މޯލްޑިވްސް އާއި އުރީދޫ ގުޅިގެންނެވެ.

އުރީދޫގެ 3ޖީ އަދި 4ޖީ އެލްޓީއީ ނެޓްވޯކް މެދުވެރިކޮށް އުރީދޫގެ ކަސްޓަމަރުންނަށް އެ ހިދުމަތް ލިބޭނެ ކަމަށާއި ރާއްޖޭގެ ކޮންމެތަނަކުންވެސް އުރީދޫގެ ކަސްޓަމަރުންނަށް ސްމާޓް ފޯނުތަކުގެ އިތުރުން ސްމާޓް ޓެބްލެޓް އަދި އުރީދޫ ކަނެކްޝަން ބޭނުންކޮށްގެން ސްމާޓް ޓީވީ މެދުވެރިކޮށް ލައިވް ޓީވީގެ ހިދުމަތް ލިބޭނެ ކަމަށްވެސް އުރީދޫން ބުނެއެވެ.

އެ ހިދުމަތަށް ރެޖިސްޓާ ކުރުމަށް “GO” ޖެހުމަށްފަހު 5577 އަށް މެސެޖް ކުރުމުން އެ ހިދުމަތް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ. އަދި އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ޕެކޭޖް ނެގުމަށްފަހު އެ ހިދުމަތަށް ރެޖިސްޓާ ކުރެވޭނެ ކަމަށްވެސް އުރީދޫން ބުނެއެވެ.

އުރީދޫން ތައާރަފްކުރި ހިދުމަތާއެކު ރާއްޖޭގެ ޓީވީ ޗެނަލްތަކުގެ ތެރެއިން ޓީވީޢެމް، ރާއްޖެޓީވީ، ޗެނަލް އެމް، އެމްވީޓީވީ، ޗެނަލް ވަން އަދި އެޓޯލް ޓީވީ ވަގުތުން ބަލާލެވޭނެ އެވެ. އެ ހިދުމަތް އިތުރު ފީއަކާއި ނުލާ ފެބްރުއަރީ މަހުގެ 28 ގެ ނިޔަލަށް ބޭނުންކުރެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.