ތުޅާދޫގައި ފެނާއި ނަރުދަމާ ގާއިމު ކުރަން ސާވޭ ކޮށްފި

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން
ބ. ތުޅާދޫ
ބ. ތުޅާދޫ

 

އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ލޯންގެ ގެ އެހީގައި ބ. ތުޅާދޫގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށް ކުރި ސާވޭގެ މަސައްކަތް ނިންމާލައިފި އެވެ.

ތުޅާދޫގެ އިތުރުން އިތުރު ހަތަރު ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރަން ސާވޭ ފަށައިފަ އެވެ. އެއީ ނ. ވެލިދޫ،  އާއި ރ. ހުޅުދުއްފާރާއި ގއ. ކޮލަމާފުއްޓާއި ގދ. ގައްދޫގަ އެވެ. އަދި މި ހަފްތާގައި ކޮލަމާފުއްޓާއި ގައްދޫގެ ސާވޭކޮށް އަންނަ ހަފުތާގައި ވެލިދޫގެ އާއި ހުޅުދުއްފާރުގެ ސާވޭ ވެސް ފަށާނެ އެވެ.

އެ ފަސް ރަށުގައި ފެނާއި ނަރުދަމާއަށް ބޭނުންވާ ޑިޒައިން އެންޑް ސްޕަވިޝަން ކޮންސަލްޓަންޓްސީގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަލްހަބްޝީ ކޮންސަލްޓެންޓާ އެވެ.

މި ފަސް ރަށުގެ ފެނުގެ ނިޒާމް ޑިޒައިންގެ މަސައްކަތްތައް ޖުލައި 2015 ގައި ނިމި، އަމަލީ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ޖުލައި 2015 މަހުގެ ފަހުކޮޅު އިއުލާން ކުރާނެ އެވެ. އަދި އޮކްޓޯބަރު 2015 ގައި  މިރަށްތަކުގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ބަޔަކަށް ދޭނެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...