ތުޅާދޫ އިންޖީނުގެ ޔުޓިލިޓީސްއާ ހަވާލުކޮށްފައިވަނީ ރަނގަޅަށް: ހުކުމް

ތުޅާދޫ
ތުޅާދޫ

 

ބ. ތުޅާދޫ ރައްޔިތުންގެ އިންޖީނުގެ ޔުޓިލިޓީސް ކުންފުންޏާ ހަވާލުކޮށްފައިވަނީ ގާނޫނު އަސާސީއާއި ގާނޫނުގެ އިމުގެ ތެރެއިން ކަމަށް ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.

ތުޅާދޫ ފަނާރު ހުސައިން ހަސަން ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އެ މައްސަލައާއި ގުޅިގެން ބުރާސްފަތި ދުވަހު އެކޯޓުން ކޮށްފައިވާ ހުކުމުގައި ވަނީ ތުޅާދޫ އިންޖީނުގެ ޔުޓިލިޓީސް ކުންފުންޏާއި ހަވާލުކުރެވިފައިވަނީ ތުޅާދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓެއް ނަގައި އެ ވޯޓުގައި ބައިވެރި ފަރާތްތަކުގެ އަޣްލަބިއްޔަތުންނާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 23 ވަނަ މާއްދާގެ (ޅ)އިން ލިބިދީފައިވާ ބާރުގެ ދަށުން ކަމަށެވެ.

އަދި ތުޅާދޫ ކައުންސިލާއި ޔުޓިލިޓީސް ކުންފުންޏާ ދެމެދު ވެވިފައިވާ އެއްބަސްވުމަކީ ގާނޫނާއި ޚިލާފު އެއްބަސްވުމެއްކަމަށް ދައުވާކުރާ ހުސައިން ހަސަން ބުނިނަމަވެސް، އޭނާގެ ބަހަށް ބާރުދޭނެ ހެއްކެއް ޤަރީނާއެއް ހުށަހެޅިފައިނެތުމާއި އަދި އެކަން ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށްވެސް ކޯތް ހުކުމުގައި ވެ އެވެ.

އެހެންކަމުން އެއެއްބަސްވުމަކީ ގާނޫނާ ޚިލާފު އެއްބަސްވުމެއް ކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމްގައި ވެއެވެ.

އެ މައްސަލަ ތުޅާދޫ ކޯޓަށް ހުށަހަޅާފައިވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ 25 ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.