ކެންދޫ ސުކޫލުގެ ޕްރިންސިޕަލުގެ ގެ އަށް ކަޅު ތެޔޮ ޖެހައިފި

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް ގެ އަށް ކަޅުތެޔޮ ޖަހާފައި
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް ގެ އަށް ކަޅުތެޔޮ ޖަހާފައި

ބ. ކެންދޫ ސުކޫލުގެ ޕްރިންސިޕަލްގެ ގެ އަށް ކަޅު ތެޔޮ ޖެހި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކެންދޫގައި ހުރި ގެއަކަށް ކަޅުތެޔޮ ޖެހި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު ކަމަށާއި އެމައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

ނަމަވެސް މި މައްސަލަ އާއި ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ކަޅު ތެޔޮ ޖަހާފައިވަނީ ކެންދޫ ސުކޫލުގެ ޕްރިންސިޕަލު ޔުސްރާ މުރާދުގެ ގެ އަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...