ތުޅާދޫ ވިޔަފާރިވެރިންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ތުޅާދޫގައި ވިޔަފާރި ކުރާ ފަރާތްތަކަށް ހިންގި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން --
ތުޅާދޫގައި ވިޔަފާރި ކުރާ ފަރާތްތަކަށް ހިންގި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން —

 

 

ކުށްމަދު އަމާން ވެށްޓެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބ. ތުޅާދޫ ވިޔަފާރިވެރިންނަށް އަމާޒްކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް އެ ރަށުގައި ހިންގައިފި އެވެ.

ފުލުހުން އިއްޔެ ހިންގި އެ ޕްރޮގްރާމުގައި ތުޅާދޫގައި ހުރި ފިހާރަތަކަށް ޒިޔާރަތްކޮށް ސަލާމަތާ ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާއި ވިއްކުމުގައި ސަމާލުވާންޖެހޭ ތަކެއްޗާއި އަދި ކުޑަކުދިންނަށް ތަކެތި ވިއްކުމުގައި މިހާރަށްވުރެ ސަމާލުވުމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެ އެވެ. މީގެއިތުރުން ރީލޯޑް ރާސްޓަސް ކުރުމުގައި މިހާރަށްވުރެ ސަމާލުވުމާ ގުޅޭގޮތުންވެސް މަޢުލޫމާތު ދީފައިވާނެކަމަށް ފުލުހުން ބުނެއެވެ.

މި ޕްރޮގްރާމުގައި ތުޅާދޫގައި ހުރި ހުރިހާ ފިހާރަތަކަށް ޒިޔާރްތަކޮށް މައުލޫމާތު ދީފައިވާއިރު، މި ޕްރޮގްރާމުގައި ތުޅާދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ހުރިހާ ފުލުހުން ބައިވެރިވެފައިވެ އެވެ.

އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ ފުލުހުން އަންނަނީ އެރަށްރަށުގެ ރައްޔިތުންނާއި ވިޔަފާރަވެރިން ހޭލުންތެރިކުރުމުގެ ގޮތުން ތަފާތު ޕްރޮގްރާމުތައް ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.