ދަރަވަންދޫ ސިއްހީ މަރުކަޒު ތަރައްގީކުރަން ބަޔަކާ ހަވާލުކޮށްފި

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން
ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- / ފޮޓޯ: ސަން އޮންލައިން
ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން– / ފޮޓޯ: ސަން އޮންލައިން

 

ބ. ދަރަވަންދޫ ސިއްހީ މަރުކަޒު ތަރައްގީ ކުރުމަށް ކަޅިހި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.

ސަރުކާރުން 1،371،387.78 ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓުގެ ދަށުން، ދަރަވަންދޫ ސިއްހީ މަރުކަޒުގައި ފަސް އެނދުގެ ވޯޑަކާކައި، ލޭބާ ރޫމެއްގެ އިތުރުން އޮބްޒަވޭޝަން ރޫމެއް ތަރައްގީ ކުރާނެ ކަމަށް ހެލްތުން ބުންޏެވެ. އަދި މި ޕްރޮޖެކްޓުގެ މަސައްކަތް އެއްކޮށް ނިމޭއިރު އެ ސެންޓަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެގެންދާނެ ކަމަށްވެސް ހެލުތުން ބުންޏެބ

މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ މަސައްކަތް ހަވާލުކުރާތާ 73 ދުވަސް ތެރޭގަ އެވެ.

ދަރަވަންދޫގައި މިހާރު ހުންނަނީ މީގެ 10 ވަރަކަށް އަހަރު ކުރިން އިމާރާތްކުރި 6 އެނދުގެ ސިއްހީ މަރުކަޒެކެވެ.

ދަރަވަންދޫ ސިއްހީ މަރުކަޒު މަރާމާތު ކުރަން ބަޔަކާ ހަވާލުކުރި އިރު، މިދިޔަ ޑިސެމްބަރުމަހު ވަނީ މިއަތޮޅު ކެންދޫ ސިއްހީ މަރުކަޒުވެސް މަރާމާތުކުރަން ބަޔަކާ ހަވާލުކޮށްފަ އެވެ،

ކޮމެންޓްސް (0)

ލޯޑް ކުރަނީ...