ކަމަދޫ ކައުންސިލުގެ ރައީސް މަގާމުން ވަކިކޮށްފި

ބ ކަމަދޫ ކައުންސިލުގެ ރައީސް އަހުމަދު ސަމީރު -- ކަމަދޫ ކައުންސިލް
ބ ކަމަދޫ ކައުންސިލުގެ ރައީސް އަހުމަދު ސަމީރު — ކަމަދޫ ކައުންސިލް

ބ. ކަމަދޫ ކައުންސިލްގެ ރައީސް އަހްމަދު ސަމީރުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކޮށް، މިއަދު އޭނާ މަގާމުން ވަކިކޮށްފި އެވެ.

ކަމަދޫ ކައުންސިލުން ބުނީ މިއަދު އަހްމަދު ސަމީރުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރީ އޭނާ ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫންގެ ރޫޚާ އެއްގޮތަށް ކައުންސިލް ހިންގުމުގައި އިހުމާލުވަމުންދާ ކަމަށް ގަބޫލުނުކުރެއްވޭތީ ކަމަށެވެ.

ސަމީރު ކައުންސިލަށް ހޮވިވަޑައިގެންނެވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގަ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ޕީޕީއެމަށް ސޮއިކުރައްވާފަ އެވެ.

ސަމީރުގެ މައްޗަށް އިތުބާރުނެތްކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި ފަސް މެންބަރުންގެ ތެރެއިން ތިން މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށެވެ.

” ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫންގެ ރޫޚާ އެއްގޮތަށް ކައުންސިލް ހިންގުމުގައި އިހުމާލުވަމުންދާ ކަމަށް އަޅުގަނޑަށް ފާހަގަ ކުރެވޭތީ ކައުންސިލް މެންބަރު ޢަލީ މަޢުސޫމް އަދި ކައުންސިލްގެ ނައިބް ރައީސް ޢަލީ އިސްމާޢީލްގެ ތާއިދާއިއެކު ކައުންސިލްގެ ރައީސް އަލްފާޟިލް އަޙުމަދު ސަމީރު، ރައީސް ކަމުގެ މަޤާމުން ވަކިކުރުމަށް އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް ކައުންސިލްގެ ހިންގާ ޤަވާއިދުގެ 9 މާއްދާގެ (ހ) ގެ ދަށުން ކައުންސިލްގެ ޖަލްސާއަކަށް އެޖެންޑާ ކޮށްދިނުމަށްއެދި ހުށަހެޅީމެވެ.” ކައުންސިލު މެންބަރު ޒަރީރު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެ އެވެ.

ކަމަދޫ ކައުންސިލަށް މެންބަރެއް އިންތިހާބުު ކުރެވެންދެން ރައީސްގެ ޒިންމާތަށް ނައިބު ރައީސާއި ކައުންސިލުން ވަނީ ހަވާލުކުރައްވާފައެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކަމަދޫ ކައުންސިލްގައި ތިއްބަވަނީ އެމްޑީޕީގެ ތިން މެމްބަރުންނާއި ޕީޕީއެމްގެ މެމްބަރެއްގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.