އަތޮޅު ޤުރްއާން މުބާރާތް އަންނަ ބުރާސްފަތި ދުވަހުގެ ރޭ

އޭދަފުށީ ކައުންސިލުން ބާއްވާ ގުރުއާން މުބާރާތުގައި ދަރިވަރަކު މިއަދު ހަވީރު ކިޔަވަނީ. މި ުބާރާރުގައި 50 އަށްވުރެ ގިނަ ކުދިން ވާދަކުރޭ
އޭދަފުށީ ކައުންސިލުން ބާއްވި ގުރުއާން މުބާރާތުގައި ދަރިވަރަކު ކިޔަވަނީ. އަތޮޅު ގުރްއާން މުބާރާތް ބުރާސްފަތި ދުވަހުގެ ރޭ ފަށޭނެ– ފައިލްފޮޓޯ

 

ޤުރްއާން ކިޔެވުމުގެ އަތޮޅު މުބާރާތް އަންނަ ބުރާސްފަތި ދުވަހުގެ ރޭ އޭދަފުށީގައި ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.

ބ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އަތޮޅު މުބާރާތަށް ކުދިން ހޮވާފައިވަނީ ރަށްރަށުގެ ކައުންސިލުތަކުން ސްކޫލުތަކަށާއި އަމިއްލަ ގުރުއާން ކުލާސްތަކަށް ހުޅުވާލައިގެން ބޭއްވި ގުރުއާން މުބާރާތްތަކުންނެވެ. އެގޮތުން މި މުބާރާތުގައި މިއަތޮޅުގެ ހަ ރަށަކުން 71 ދަރިވަރުން ވާދަކުރާނެ އެވެ.

އޭޕްރިލް 23-25 އަށް އޭދަފުށީ މަލްޓީޕާޕަސް ހޯލުގައި ބާއްވާ މި މުބާރާތުގައި ވާދަކުރާނީ ރަށްރަށުގެ ކައުންސިލުތަކުން ބޭއްވި މުބާރާތްތަކުން އެންމެ ރަގަޅު ނަތީޖާ ހޯދިކުދިންނެވެ. މުބާރާތުގައި މިއަހަރު ބައިވެރިވެފައިވާ ރަށްރަށަކީ، ހިތާދޫ، ތުޅާދޫ، ކެންދޫ، މާޅޮސް، ކަމަދޫ، ދޮންފަނު، ކަމަދޫ އަދި އޭދަފުއްޓެވެ.

އަތޮޅު ގުރުއާން މުބާރާތް ބާއްވަނީ ގައުމީ ގުރުއާން މުބާރާތުގަިއ އަތޮޅު ތަމްސީލުކުރާނެ ކުދިން ހޮވުމަށެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ 15 ދަރިވަރުންނަށް ގައުމީ ޤުރްއާން މުބާރާތުގައި ބ. އަތޮޅު ތަމްސީލުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.