52 ދަރިވަރުންނާއެކު ގްރޭޑް 11 ގެ ކިޔެވުން ފަށައިފި

ބ. އަތޮޅު ތައުލީމީ މަރުކަޒާ އަލަށް ގުޅުނު ދަރިވަރުންނަށް ބޭއްވި އޮރިއެންޓޭޝަން ޕްރޮގްރާމުގެ ެތެރެއިން
ބ. އަތޮޅު ތައުލީމީ މަރުކަޒާ އަލަށް ގުޅުނު ދަރިވަރުންނަށް ބޭއްވި އޮރިއެންޓޭޝަން ޕްރޮގްރާމުގެ ެތެރެއިން

 

މިދިޔަ އަހަރު އޯލެވެލް ނިންމުމަށް ފަހު، ބ. އަތޮޅު ތައުލީމީ މަރުކަޒާ ގުޅުނު 52 ދަރިވަރުންނާއެކު އެ ސްކޫލުގެ ގްރޭޑް 11 ގެ ކިޔެވުން މިއަދު ފަށައިފި އެވެ.

އެތަނުގެ ކިޔެވުން ފަށާފައި ވަނީ ދަރިވަރުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމުގެ އިތުރުން ލައިފް ސްކިލްސް އާއި ކެރިއާ ގައިޑެންސް ވޯކްޝޮޕް ތަކެއް ކުރިއަށް ގެންދިއުމަށް ފަހު އެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ކިޔެވުން މި ފެށީ، އާއްމުކޮށް އޭލެވެލް އަށް ކިޔަވައިދޭން ފަށާ ތާރީޚަށްވުރެ އެއް މަސް ކުރިންނެވެ.

އޭލެވެލް އަށް ކިޔަވައިދޭ ގިނަ ސްކޫލްތަކުގެ ކިޔެވުން ފަށާ ގޮތަށް ހަމަޖައްސާފައި ވަނީ ޖޫން މަހު ގަ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒާ އަލަށް ގުޅުނު ދަރިވަރުންނަށް ބޭއްވި ލައިފް ސްކިލް ޕްރޮގްރާމުގެ ތެރެއިން
ބ. އަތޮޅު ތައުލީމީ މަރުކަޒާ އަލަށް ގުޅުނު ދަރިވަރުންނަށް ބޭއްވި ލައިފް ސްކިލް ޕްރޮގްރާމުގެ ތެރެއިން

 

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނިގޮތުގައި މިއަހަރު އެ ސްކޫލުގެ ގްރޭޑް 11 އަށް އަލަށް ޖާގަ ދެވުނު ކުދިންގެ ކިޔެވުން އަވަހަށް ފެށީ، ސިލަބަސް އަވަހަށް ނިންމައި، ފިލާވަޅުތައް މުތާލިއާ ކުރުމުގައި ދަރިވަރުންނަށް ގިނަ ވަގުތު ދިނުމަށެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އޭލެވެލް އަށް ކިޔަވަން 52 ދަރިވަރުންނަށް އެ ސްކޫލުން މި އަހަރު ވަނީ ޖާގަ ދީފަ އެވެ. އެއީ ކޮމާސް ސްޓްރީމްގައި 34 ދަރިވަރުން އަދި ސައިންސް ސްޓްރީމްގައި 18 ދަރިވަރުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.