ދޮންފަނު ސްކޫލުން އާތު ޑޭ ފާހަގަ ކޮށްފި

އާތު ޑޭ ފާހަގަ ކުރުމަށް ބޭއްވި ހަރަކާތުގެ ބައިވެރިން ފޮޓޯއަކަށް ހުއްޓިގެން-- ފޮޓޯ އަމިއްލަ ފުށި
އާތު ޑޭ ފާހަގަ ކުރުމަށް ބޭއްވި ހަރަކާތުގެ ބައިވެރިން ފޮޓޯއަކަށް ހުއްޓިގެން– ފޮޓޯ އަމިއްލަ ފުށި

 

ދުނިޔޭގެ އާތު ޑޭ ފާހަގަ ކުރުމުގެ ގޮތުން ބ. ދޮންފަނު ސްކޫލުގެ ތިމާވެށި ކުލަބުން އިސްނަގައިގެން އަމިއްލަފުށީގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ.

ދޮންފަނު ސްކޫލުން ބުނިގޮތުގައި އަމިއްލަފުށީގައި އިއްޔެ ހަވީރު ބޭއްވި އެ ޕްރޮގްރާމުގައި އެ ސްކޫލުގެ ދަރިވެރުންނާއި ޓީޗަރުންނާއި އަމިއްލަފުށީގެ މުވައްޒަފުންނާއި މެނޭޖުމަންޓުން ބައިވެރިވެވަނީ ގަސް އިންދައިފަ އެވެ.

ބ. ދޮންފަނު ސްކޫލު ދަރިވަރުން އަމިއްލަ ފުށީގައި ބިމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގަސް އިންދަނީ ފޮޓޯ- އަމިއްލަފުށީ
ބ. ދޮންފަނު ސްކޫލު ދަރިވަރުން އަމިއްލަ ފުށީގައި ބިމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގަސް އިންދަނީ ފޮޓޯ- އަމިއްލަފުށީ

 

ދޮންފަނު ސްކޫލުގެ އޮފިޝަލް ވިދާޅުވީ އެ ސްކޫލުން ހިންގާ ޕްރޮގްރާމް ތަކުގައި ބ. އަތޮޅުގެ ރިޒޯޓުތަކުގެ އެއްބާރުލުން ވަރަށްބޮޑަށް ލިބޭ ކަމަށާއި ޚާއްޞަކޮށް އަމިއްލަފުށި ފާހަގަ ކޮށްލެވޭ ކަމަށެވެ. އަދި މިހާރުވެސް ޑުސިތު ތާނީ މޯލްޑިވްސްގެ އެހީގައި ދޮންފަނު ޕްރީސްކޫލުގެ އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަންވެސް އޮފިޝަލް ފާހަގަ ކުރެއްވި އެވެ.

ބ. ދޮންފަނު ސްކޫލަކީ ގްރޭޑް 10 އަށް 82 ދަރިވަރުން ކިޔަވަމުންދާ ސްކޫލެކެވެ.
ކޮންމެ އަހަރެއްގެ ވެސް އެޕްރީލް މަހުގެ 22 ވަނަ ދުވަސް ފާހަގަ ކުރަނީ އާތު ޑޭ ގެ ގޮތުގަ އެވެ. އާތު ޑޭ ދުނިޔޭގައި ފާހަގަ ކުރަމުން ދަނީ މި ޒަމާނުގެ ތިމާވެށީގެ ހަރަކާތްތަކުގެ ފެށުން ފާހަގަ ކުރާ ދުވަހެއްގެ ގޮތުގަ އެވެ. މި ދުވަސް އެންމެ ފުރަތަމަ ފާހަގަ ކުރީ 1970 ވަނަ އަހަރު އެމެރިކާގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.