71 ދަރިވަރުންނާއެކު ބ. އަތޮޅު ގުރުއާން މުބާރާތް ފަށައިފި

ބ. އަތޮޅު ގުރްއާން މުބާރާތް ފެށުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ބ. އަތޮޅު ގުރްއާން މުބާރާތް ފެށުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

 

ބ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އަތޮޅު ގުރުއާން މުބާރާތް ރޭ އޭދަފުށީގައި ފަށައިފި އެވެ.

މަލްޓިޕާޕަސް ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި ގުރުއާން މުބާރާތް އިފުތިތާހު ކޮށްދެއްވީ ތައުލީމީ މަރުކަޒުގެ ގްރެޖުއޭޓް ލީޑިން ޓީޗަރު އަދި އިސްލާމް މުދަައްރިސް އައްޝައިޚް މުހައްމަދު ހަބީބު އެވެ.

ގުރުއާން މުބާރާތް ފެށުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުހައްމަދު ހަބީބު ވަނީ ގުރްއާން ކިޔަވާއިރު އަދި މީގެ ފަހުން ފަރިތަ ކުރުމަން ގެންދާއިރުވެސް އެއީ ހަމައެކަނި ފަރިތަ ކުރުމެއް ކަމުގައި ނުބަލާ، ގުރުއާން ކިޔެވުމަކީ ސަވާބުލިބޭ އަޅުކަމެއްގެ ގޮތުގައި ގަބޫލުކޮށް ނިޔަތް ބާއްވައިގެން އެކަން ކުރުމަށް އެދިވަޑައިގެންފަ އެވެ.

ބ. އަތޮޅު ގުރްއާން މުބާރާތުގައި ރޭ ދަރިވަރަކު ކިޔަވަނީ
ބ. އަތޮޅު ގުރްއާން މުބާރާތުގައި ރޭ ދަރިވަރަކު ކިޔަވަނީ

 

“މިއަދު މި ކުރެވޭ މަސައްކަތަކީ މި ބިންމަތީގައި ކުރެވޭނެ އެންމެ ރަނގަޅު، އެންމެ ހެޔޮ މަސައްކަތް. އޭގެ އަގު ބޮޑު، މިއަދު މިތަނުން މާބޮޑޫ އެއްޗެއް ނުލިބުނު ކަމުގައި ވިޔަސް ފަހަށް ރައްކާކުރެވޭ އެއްޗެއް ވަރަށް ބޮޑު. އެކަމަކު އެގޮތަށް އެ އެއޗެއް ރައްކާ ކުރެވޭނީ ނިޔަތާ އެކީގައި އެކަން ކުރުމުން” ހަބީބު ވިދާލުވި އެވެ.

މި އަހަރުގެ އަތޮޅު ގުރުއާން މުބާރާތުގައި މިއަތޮޅުގެ 8 ރަށަކުން 71 ދަރިވަރުން ބައިވެރިވެފައި ވެ އެވެ. މުބާރާތުގައި މިއަހަރު ބައިވެރިވެފައިވާ ރަށްރަށަކީ، ހިތާދޫ، ތުޅާދޫ، ކެންދޫ، މާޅޮސް، ކިހާދޫ، ދޮންފަނު، ކަމަދޫ އަދި އޭދަފުއްޓެވެ.

މި މުބާރާތް މިރޭ ގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ މާދަމާ ހެނދުނު ކަމަށް އަތޮޅު ކައުންސިލުން ބުންޏެވެ.

ބ. އަތޮޅު ގުރްއާން މުބާރާތުގައި ރޭ ދަރިވަރަކު ކިޔަވަނީ
ބ. އަތޮޅު ގުރްއާން މުބާރާތުގައި ރޭ ދަރިވަރަކު ކިޔަވަނީ

 

މިމުބާރާތަކީ ދިވެހިރާއްޖޭގެ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބ. އަތޮޅު ތަމްސީލު ކުރާނެ ދަރިވަރުން ހޮވުމަށް ބާއްވާ މުބާރާތެކެވެ. އެގޮތުން މިމުބާރާތުން ހޮވާލެވޭ އެންމެ މޮޅު 15 ދަރިވަރުންނަށް މިއަހަރު އޮންނަ ރާއްޖޭގެ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.