ސީސީ އިންޓަރ ރިސޯޓް ފުޓުބޯޅަ މުބާރާތުގެ ގުރުނަގައިފި

ސީސީ އިންޓަރ ރިސޯޓް ފުޓުބޯޅަ މުބާރާތުގެ ގުރުނެގުމުގެ ރެތެއިން–- ފޮޓޯ: ކްލަބް ކޮމްބިނޭޝަން / މުހައްމަދު ފާސިރު
ސީސީ އިންޓަރ ރިސޯޓް ފުޓުބޯޅަ މުބާރާތުގެ ގުރުނެގުމުގެ ރެތެއިން–- ފޮޓޯ: ކްލަބް ކޮމްބިނޭޝަން / މުހައްމަދު ފާސިރު

ބ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން އޭދަފުށީގައި ބާއްވާ ސީސީ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރަތުގެ ގުރުނެގުން އިއްޔެ ބާއްވައިފި އެވެ.

މުބާރާތުގައި މިއަހަރު ބައިވެރިވެފައި ވަނީ 6 ރިސޯޓަކުންނެވެ. އެއީ ރޯޔަލް އައިލެންޑް ރިސޯޓް، ލަނޑާގިރާވަރު ރިސޯޓް، އަނަންތަރާ ކިހަވައް ވިލާސް އަދި ޑުސިޓް ތަނީ މޯލްޑިވްސް މޫއްދޫ އައިލެންޑް، ކިހާދު މޯލްޑިވްސް ގެ އިތުރުން މިއަތޮޅުގައި އެންމެ ފަހުން ހުޅުވި އަމިއްލަފުށި ރިސޯޓެވެ.

ވޭތުވެ ދިޔަ ތިން އަހަރުވެސް މުބާރާތުގެ ތަށި ކާމިޔާބުކޮށްފައިވާ ސޮނެވާފުށި ރިސޯޓް މިއަހަރުގެ މުބާރާތުގައި ބައިވެރިއެއް ނުވެއެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގައި ގުރޫޕް އޭގައި ހިމެނެނީ، ލަނޑާ ގިރާވަރާއި، ކިހާދު މޯލްޑިވްސް އަދި އަމިއްލަ ފުށްޓެވެ. އަނަންތަރާ އާއި ރޯޔަލް އަދި ދުސިތު ހިމެނެނީ ގުރޫޕް ބީގަ އެވެ.

މުބާރާތް ފަށައިދޭނީ، 1 މެއި ގެ ހަވީރު ލަނޑާ ގިރާވަރާއި ކިހާދު ބައްދަލުކުރާ މެޗުންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ދެ ޓީމެއް ސެމީފައިނަލަށް ހޮވޭނެ އެވެ.

މިއަހަރުގެވެސް އެންމެ ބޮޑު އަމާޒަކީ ކާމިޔާބު، ފުރިހަމަ އަދި ފޯރިގަދަ މުބާރާތެއް ބޭއްވުން ކަމަށް، މުބާރާތް އިންތިޒާމުކުރާ ކްލަބް ކޮމްބިނޭޝަން (ސީސީ) އިން ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.