ބ. އަތޮޅު ގުރުއާން މުބާރާތުގެ އެއްވަނަ އައުފާ އާއި އީނާލު އަށް

އައުފާ ރަޝީދު (ކ) އަދި އައިޝަތު އީނާލު (ވ)
އައުފާ ރަޝީދު (ކ) އަދި އައިޝަތު އީނާލު (ވ)

 

ބ. އަތޮޅު ގުރުއާން ކިޔެވުމުގެ މުބާރާތުގައި ވާދަކޮށް ބަލައިގެން ކިޔެވުމުގެ ގޮތުން މުޅި މުބާރާތުން އެއްވަނަ އައުފާ ރަޝީދު އަދި ހިތުދަސްކުރުމުގެ ބައިން އެއްވަނަ އައިޝަތު އީނާލު ހޯދައިފި އެވެ.

ބަލައިގެން ކިޔެވުުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ތުޅާދޫ ސްކޫލުގެ އައުފާ ރަޝީދު ހޯދީ އެ ގޮފިން 46 ދަރިވަރުނާ ވާދަކޮށްގެންނެވެ. ހިތު ދަސްކުރުމުގެ ބައިން ކެންދޫ އައިސިރު ޕްރީ ސްކޫލުގެ އީނާލު އެއްވަނަ ހޯދީ އެ ގޮފީގެ 25 ދަރިވަރުންނާ ވާދަކޮށްގެނެވެ.

މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން ދެވަނަ ހިތާދޫ، އެރޯމާ ނުހާ އިޝްހާގު ހޯދިއިރު، އެ ބައިން ތިންވަނަ ހޯދީ ހިތާދޫ ޖަވާހިރުވާނީ، ނާއިލާ މުހައްމަދު އެވެ. ހިތުން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން ދެވަނަ ހޯދީ ޅ. ނައިފަރު ސޯސަންގޭ އަބްދުﷲ ނާއިފް ނަޒީހު  އަދި ތިންވަނަ ހޯދީ ކެންދޫ، ރަންތަރި ސަދާން އަބްދުލްހަމީދު އެވެ.

ގައުމީ މުބާރާތުގައި ބ. އަތޮޅު ތަމްސީލު ކުރަން ނޮވުނު ދަރިވަރަކަށް ޓްރޮފީ ހަވާލުކޮށްދެއްވަނީ
ގައުމީ މުބާރާތުގައި ބ. އަތޮޅު ތަމްސީލު ކުރަން ހޮވުނު ދަރިވަރަކަށް ޓްރޮފީ ހަވާލުކޮށްދެއްވަނީ

 

މި މުބާރާތުގެ އެންމެ ރަނގަޅު 15 ދަރިވަރަކު ވަނީ ގައުމީ ގުރުއާން މުބާރާތަށް ހޮވައިފަ އެވެ. އެއީ ތުޅާދޫ ކައުންސިލުގެ ފަސް ދަރިވަރުންނާއި ހިތާދޫ އަދި އޭދަފުށި މިއިން ކޮންމެ ކައުންސިލަކުން 4 ދަރިވަރުންނާއި ކެންދޫ ކައުންސިލުގެ ދެ ދަރިވަރުންނެވެ.

ގައުމީ ގުރުއާން މުބާރާތުގައި ބ. އަތޮޅު ތަމްސީލު ކުރުމަށް ހޮވުނު ދަރިވަރުން ކައުންސިލު މެންބަރުންނާއެކު
ގައުމީ ގުރުއާން މުބާރާތުގައި ބ. އަތޮޅު ތަމްސީލު ކުރުމަށް ހޮވުނު ދަރިވަރުން ކައުންސިލު މެންބަރުންނާއެކު

 

ނިމިދިޔަ ހަފްތާ ބަންދުގައި އޭދަފުށީގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި މިއަތޮޅުން 8 ރަށަކުން 71 ބައިވެރިން ވާދަ ކުރި އެވެ.

ގައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ ފަހުކޮޅު މާލޭގަ އެވެ. އަދި މި މުބާރާތުގައި ބައިވެރިވާ އަތޮޅުތަކުގެ ކުދިންގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހު ކުރީކޮޅު ފުރަތަމަ ޓާމުގެ ބަންދުތެރޭ ގަ އެވެ.

ގުރުއާން ކިޔެވުމުގެ 30 ވަނަ ގައުމީ މުބާރާތަށް ބ. އަތޮޅުން ހޮވުނު ދަރިވަރުން:

ނުހާ އިޝްހާގު، އެރޯމާ / ހިތާދޫ

ސަމްހާ އަހްމަދު، މަޒާ / ހިތާދޫ

ނާއިލާ މުޙައްމަދު، ޖަވާހިރުވާދީ / ހިތާދޫ

ނަޖުމާ އަބްދުﷲ، ސުހާނީ / ހިތާދޫ

މުޢާން މުއުތަސިމް، އުއްތަރު / ތުޅާދޫ

އައުފާ ރަޝީދު، ދިލްކުސާގެ / ތުޅާދޫ

އަހްމަދު ނަޒީރު. ހެދޭކުރި / ބ. ތުޅާދޫ

ސުހުމާ ޔޫސުފް، އާހިޔާ / ބ. ތުޅާދޫ

އަނޫފް އަބްދުއްރަހްމާން، ކަންމަތީ އަތިރީގެ / ތުޅާދޫ

ހައިޝަމް ޚާލިދު، ދޮންދުބުރި / އޭދަފުށި

ނުޢުމާ މުޙައްމަދު، ހަވީރު / ބ. އޭދަފުށި

މުޙައްމަދު ނާއިޝް، ދަނބުގެ / އޭދަފުށި

ޢަބްދުﷲ ނާއިފް ނަޒީހު، ސޯސަންގެ / ޅ. ނައިފަރު (އޭދަފުށި)

ސަދާން ޢަބްދުލްޙަމީދު، ރަންތަރި / ކެންދޫ

އައިޝަތު އީނާލް، ހަތިހާ / ރ. އަލިފުށި (ކެންދޫ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.