ފައިސާތައް ގެއްލުމުން ނޭޕާލް ބިންހެލުމުން ފަތުރުވެރިންތަކެއް ސަލާމަތްވެއްޖެ

Everest-Base-Camp

ހިމާލިޔާގެ އުސް ފަރުބަދަތައް މަތީ އޮންނަ ނޭޕާލަށް ހޮނިހިރު ދުވަހު އައި ގަދަފަދަ ބިންހެލުމުގައި ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް އެވަރެސްޓަށް އަރަން އުޅުނު ފަތުރުވެރިންގެ ތެރެއިން އެވަރެސްޓްގެ ބުޑުގައި ހުރި ބޭސް ކޭމްޕްގައި (ފޮޓޯގައި) މަދުވެގެން 18 މީހުން މަރުވިއިރު، އޭގެ ތެރެއިން ގްރީސް އަދި އިންޑިޔާގެ ފަތުރުވެރިންތަކެއް ސަލާމަތްވީ އެ މީހުންގެ ފައިސާތައް ގެއްލުމުން ކަމަށް ބުނެފިއެވެ.

ގްރީސްގެ 9 މީހުންނާއި އިންޑިއާގެ 9 މީހުން ބުނީ އެ މީހުން މިދިޔަ ހަފުތާގައި ނޭޕާލްގެ ވެރިރަށް ކަތުމަންޑޫއަށް އައި އިރު، އެ މީހުންގެ ގައިޑަކަށް ހުރި ނޭޕާލު މީހާ ވަނީ އޭނާ އަށް ދިން ހުރިހާ ފައިސާތަކެއް ހިފައިގެން ފިލާފައި ކަމަށާއި، މިހެންވެ ހުކުރު ދުވަހު ނޭޕާލުން ފުރައިގެން އެ ގްރޫޕް ދިޔައީ ކަމަށެވެ.

ނަމަވެސް ބިންހެލުމުގެ އެއް ދުވަސް ކުރިން ނޭޕާލުން ނުކުމެވުނު ނަމަވެސް، އެވަރެސްޓްގެ ބޭސް ކޭމްޕްގައި އެ މީހުންގެ ރަހްމަތްތެރިން އަދިވެސް ހާލުގައި ޖެހިފައި އެބަތިބި ކަމަށް، ގްރޫޕްގެ އެކަކު ކަމަށްވާ ނެރިޓް ސޮފޮކްލިސް ޕައިޓިސް ގްރީސްގެ ޓީވީ އަށް ދިން އިންޓަވިޔުއެއްގައި ބުންޏެވެ. ބިންހެލުމުގައި އެވަރެސްޓްގެ ބޭސް ކޭމްޕްގައި ވަނީ 60 މީހުން ޒަހަމް ވެސް ވެފައެވެ.

ރިކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގައި ނޭޕާލަށް އައި ބިންހެލުމުގައި 2500 މީހުން މަރުވެފައިވާކަން މިހާތަނަށް ކަށަވަރު ވެފައިވާއިރު މިއީ ބިންހެލުން އޮންނަ ސަރަހައްދެއްގައި އޮތް ދެކުނު އޭޝިއާގެ މި ސާކް މެންބަރު ފަގީރު ގައުމަށް ވޭތުވެދިޔަ 80 އަހަރުގެ ތެރޭގައި ކުރިމަތިވި އެންމެ ހިތާމަވެރި ކާރިސާއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.