ތްރީ އޮން ތްރީ މުބާރާތުގެ މެއިން ސްޕޮންސަރަކަށް ދިރާގު

މިދިޔަ އަހަރުގެ ތްރީ އޮން ތްރީ މުބާރާތުގައި ކުޅެނީ. މިއަހަރުގެ މުބާރާޓް ފަށަނީ ރޯދަމަހުގެ ދެވަނަ ދުވަހުގެ ރޭ-- ފައިލް ފޮޓޯ
މިދިޔަ އަހަރުގެ ތްރީ އޮން ތްރީ މުބާރާތުގައި ކުޅެނީ. މިއަހަރުގެ މުބާރާޓް ފަށަނީ ރޯދަމަހުގެ ދެވަނަ ދުވަހުގެ ރޭ– ފައިލް ފޮޓޯ

 

ކްލަބް ދަ ބިގިނާސް (ޓީބީ) އިން ބާއްވާ ތްރީ އޮން ތްރީ ފުޓްބޯޅަ މުބާރާތުގެ މެއިން ސްޕޮންސަރަކަށް ރާއްޖޭގެ އެއްވަނަ މުވާސަލާތީ ކުންފުނި ދިރާގު ހަމަޖައްސައިފި އެވެ.

ޓީބީ އިން ރޯދަމަހާ ދިމާކޮށް ޒުވާނުންނަށް ހުޅުވާލައިގެން ބާއްވާ ތްރީ އޮން ތްރީ މުބާރާތް ދިރާގުން ސްޕޮންސާކުރުމުން މި މުބާރާތުގެ ނަމުގެ ކުރިއަށް ދިރާގު އިތުރުވާނެ އެވެ. ދިރާގަކީ ވޭތުވެ ތިން އަހަރުގެ މި މުބާރާތުގެ ކޯ ސްޕޮންސަރެވެ.

ދަ ބިގިނާސް އިން ބުނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި ހަފްތާތެރޭ ހުޅުވާލާނެ ކަމަށާއި މިއަހަރުވެސް މުބާރާތުގައި ބައިވެރިކުރާނީ 16 ޓީމު ކަމަށެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން ފެއިމްސް ޔުނައިޓެޑް އޮޓޯމެޓިކުން މުބާރާތަށް ކޮލިފައިވާނެ އެވެ.

ރޯދަ މަހުގެ ދެވަނަ ދުވަހުގެ ރޭ ފެށުމަށް ހަމަޖެހިފައިވާ މުބާރާތް މިއަހަރު ކުޅުމަށް ހަމަޖެހިފައިވަނީ އޭދަފުށީ ރަސްމީ ފުޓްސަލް ދަނޑުގަ އެެވެ. މިއީ ޓީބީ ން މި މުބާރާތް ބާއްވާ 5 ވަނަ އަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.