“އެވްރީ ޔޫތު ކައުންޓު” ނަމުގައި ޕްރޮގްރާމެއް ފަށައިފި

އެވްރީ ޔޫތު ކައުންޓު ޕްްރޮގްރާމުގެ މަޢްލޫމާތު ދެނީ ފޮޓޯ- އެޑިކޭޝަން މިނިސްޓްރީ
އެވްރީ ޔޫތު ކައުންޓު ޕްްރޮގްރާމުގެ މަޢްލޫމާތު ދެނީ ފޮޓޯ- އެޑިކޭޝަން މިނިސްޓްރީ

 

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބ. އަތޮޅުގެ ސްކޫލު ނިންމާ ދަރިވަރުންނަށާއި ވަޒިފާ ނުލިބިތިބި ޒުވާނުންނަށް އަމާޒުކޮށްގެން “އެވްރީ ޔޫތު ކައުންޓު” ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފި އެވެ.

“އެވްރީ ޔޫތު ކައުންޓު” ޕްރޮގްރާމަކީ، އެޑިޔުޚޭޝަނުން ބުނިގޮތުގައި ސްކޫލު ނިންމާ ދަރިވަރުންގެ ތެރެއިން މަތީ ތައުލީމުގެ ފުރުޞަތު ނުލިބޭ ދަރިވަރުންނާ ވަޒީފާނުލިބި ތިބި ޒަވާނުންނަށް ވަޒީފާގެ ފުރުޞަތު ހުޅުވައި ދިނުމުގެ ގޮތުން ހިންގާ އެމްކިއުއޭ އަކްރެޑިޓް ކުރާ ލެވަލް ތިނެއްގެ ތަމްރީނު ޕްރޮގްރާމެކެވެ.

“ބޮޑަށް އަމާޒު ކޮށްގައިވަނީ ޓޫރިޒަމް ދާއިރާއަށް އަޅުގަނޑުމެން ކިޔަވައި ދޭނީ ހަފްތާއަކު ތިންގަޑި ބޮޑަށް އޮންނާނީ އަމަލީބައި މިބައިތައް ގެންދަވަނީ ރަށުގައި ހުންނަ ގެސްޓުހައުސް ތަކުންނާއި މުއްސަސާތަކުންނާއި ކައިރި ރިޒޯޓުތަކުން. މިހާރު މިވަނީ އަމިއްލަ ފުއްޓާއެކު އަންޑަސްޓޭންޑިންގ އަކަށް އާދެވިފައި. އުންމީދު ކުރަނީ އެހެން ރިޒޯޓުތަކުންވެސް އެއްބާރުލުން ދޭނެކަމަށް. ” އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު އިމްރާނު ވިދާޅުވި އެވެ.

މި މަހުގެ 12 ގައި ފަށުމަށް މަސައްކަތް ކުރާ މިކޯހުގައި ކިޔަވައި ދެއްވަނީ އެޑިކޭޝަން މިނިސްޓްރީގެ ޓްރޭނަރުންނާއި އަމިލައްފުށީގެ ޓްރޭނަރުން ކަމަށާއި މި ކޯސްތަކަކީ ރަށުގައި ތިބެގެން ހިލޭ ފުރިހަމަ ކޮށްލެވޭ ކޯސްތަކެއް ކަމަށްވެސް އެޑިކޭޝަން މިނިސްޓްރީން ބުނެއެވެ.

ބ. އަތޮޅުގެ ރަށްރަށުގެ ޒުވާނުނަށް އަމާޒުކޮށްގެން ހިންގަ މިކޯސްތަށް ފުރިހަމަ ކުރާ ފަރާތްތަކަށް އަމިއްލަފުށިން 75 ވަޒީފާގެ ފުރުޞަތު މިއަހަރު ހުޅުވާނެކަމަށް އެޑިއުކަޝާން މިނިސްޓްރީން ބުނެ އެވެ.

މި ޕްރޮގްރާމާއި ބެހޭގޮތުން މަޢްލޫމަތު ދިނުމަށް ބ. އަތޮޅުގެ ރަށްރަށަށް އެޑިކޭޝަން މިނިސްޓްރީއާއި އަމިއްލަފުށީގެ ޓީމެއްވަނީ މިދިޔަ ހަފްތާ ތެރޭގައި ދަތުރުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.