ސޮނެވާފުށިން ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކޮށްފި

ސޮނެވާފުށީގައި ދުނިޔޭގޭ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުން
ސޮނެވާފުށީގައި ދުނިޔޭގޭ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުން

ޖޫން 8 ވަނަ ދުވަހަކީ ކަނޑުތަކާމެދު އުފާ ފާޅުކޮށް ކަނޑުތައް ހިމާޔަތް ކުރުމަށް އަމަލީ މަސައްކަތް ކުރުމަށް، ދުނިޔޭގެ ސުލްހަ ބަލަހައްޓާ ޖަމިއްޔާ އދ. އިން ކަނޑައަޅާފައިވާ ދުވަހެވެ. މިއީ ކަނޑުގެ ސަރަހައްދު ބޮޑު އަޅުގަނޑުމެންގެ ގައުމަށް ވަކިން ހާއްސަގޮތެއްގައި މުހިއްމު މުނާސަބަތެކެވެ. ރާއްޖޭގައި ދިރޭތަކެތީގެ އެންމެ ގިނަ ވައްތަރުތައް ހުރީ ކަނޑު އަޑީގައިވާ މުރަކަތަކުގަ އެވެ.

މުއްސަނދިންނަށް އަމާޒު ކުރެވިގެން މުޅި ދުނިޔޭގައި ރިސޯޓްތައް ހިންގާ ސޮނެވާފުށީ ރިސޯޓްގައި މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް މިއަދުވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން އެ ރިސޯޓުން މިދުވަސް ފާހަގަކުރީ ދިވެހި ކުޑަކުދިން މޫދާ ރައްޓެހި ކުރުމަށް ރިސޯޓުން މިހާރު ފަށައިގެން އުޅޭ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމުގެ ތެރެއިންނެވެ.

ސޮނެވާފުށިން ވަނީ ވޭތުވެ ދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 44 ދަރިވަރުންނާއި މާޅޮހު ސްކޫލުގެ 14 ދަރިވަރުންނަށް ފަތަން ދަސްކޮށްދީފަ އެވެ. އެ ކުދިންނަށް މިއަދު ވަނީ ފަތަން ދަސްކުރިކަމުގެ ސެޓްފިކެޓް ދީފައެވެ. އަދި އެ ރިސޯޓްގެ ފަރު މަތީގައި ސްނޯކްލް ކުރުމުގެ ހަރަކާތެއްވެސް ވަނީ ހިންގާފަ އެވެ.

“މޫދު އަޑި ވަރަށް ސަޅީ. އަދި އަލަށް މާސްކާ ފިންސް އަޅައިގެން މި ސްނޯކްލް ކޮށްލީ. ވަރަށް ގިނަ މަސްތަކާއި، ކޮރަލްސްވެސް ފެނުން. އަދި ކިރިޔާ އަސްލު އަންޑަރ ވޯޓާ މިފެނުނީ، ވަރަށް ބޮޑަށް ތޭންކްސް ސޮނެވާއަށް،” ސްނޯކްލް ކުރުމަށްފަހު ގްރޭޑް 3 ގެ ދަރިވަރު އިފްހާމް ބުންޏެވެ.

ސޮނެވާފުށީގައި ދުނިޔޭގޭ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުން
ސޮނެވާފުށީގައި ދުނިޔޭގޭ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމަށް ހިންގި ހަރަކާތުގައި ކުއްޖަކު ސްނޯކްލިން އަށް ދާން ތައްޔާރުވަނީ

 

މި ޕްރޮގްރާމްގައި ތަމްރީން ދިނުމުގައި އިސްކޮށް ތިބީ “ސޮނެވާ ހޮސްޓްސް” އިންސްޓްރަކްޓަރުންނާއި ވޮލަންޓިއަރުން ނުވަތަ ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭ މީހުންނެވެ. އެގޮތުން އެ ޕްރޮގްރާމު ފުރިހަމަ ކުރި އަށް ފަރާތަކަށްވެސް މިއަދުވަނީ ވަނީ ފަތަން ދަސްކޮށްދިނުމުގެ އިންސްޓްރަކްޓަރުކަމުގެ ތަމްރީން ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް ދީފައެވެ. އެ މީހުން ތަމްރީން ކުރީ ރާއްޖޭގެ ލައިފްގާޑުންނާ ބެހޭ ޖަމިއްޔާ ކަމަށްވާ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަނުންނެވެ.

ސޮނެވާފުށީގައި ދުނިޔޭގޭ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުން
ސޮނެވާފުށިން ކުރިއަށްގެންދާ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމު ފުރިހަމަކުރި މާޅޮހު ސްކޫލު ދަރިވރަކަށް ހަނދާނީލިޔުންދެނީ

 

ސޮނެވާފުށިން ބުނި ގޮތުގައި ކަނޑުގެ ލޮނުގަނޑުގެ އެންމެ އެއް މީޓަރަށް ވުރެ ތިރީގައި އޮތް ޖަޒީރާ ގައުމެއްގައި ދިރިއުޅުނު ނަމަވެސް، ގިނަ ދިވެހިން ބޮޑުވަނީ ފަތަން ދަސް ނުކޮށެވެ. މީގެ ސަބަބުން ފުރާނަ އަށް ނުރައްކާ ވުމުގެ އިތުރުން، މީގެ މާނަ އަކީ ކުޑަކުދިން އެ ކުދިންގެ ވަށައިގެންވާ ކަނޑުގެ ގުދުރަތީ ނިޒާމުތަކާމެދު ތިމާވެށީގެ ގޮތުން ލިބޭ ހޭލުންތެރިކަން ކުޑަވުން ކަމަށް ސޮނެވާ ފުށިން ބުންޏެވެ.

މިހެންވެ، ސޮނެވާގެ “ފަތަން ދަސްކުރަމާ” ޕްރޮގްރާމް ފަރުމާ ކޮށްފައިވަނީ މޫދުގައި ކުދިން އުޅޭއިރު އިތުރަށް އަމިއްލަ ނަފުސާ މެދު ޔަގީންކަން ބޮޑު ކުރުމަށާއި އަދި ނުރައްކަލަށް ހުށަހެޅިފައިވާ މުރަކަ ފަރުތައް ހިމާޔަތް ކުރުމުގެ ހޭލުންތެރިކަން ދިވެހި އާ ޖީލަކަށް ފޯރުކޮށްދިނުމަށް ކަމަށް އެ ރިސޯޓުން ބުންޏެވެ.

ސޮނެވާފުށީގައި ދުނިޔޭގޭ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުން
ސޮނެވާފުށީން ބ. އަތޮޅުގައި ކުރިއަށްގެންދާ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާުމުގައި އެހީތެރިވެދިން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހަނދާނީލިޔުންދެނީ

މި ޕްރޮގްރާމްގައި ދިވެހި ފުލުހުންގެ ހިދުމަތް ކަމަށްވާ މޯލްޑިވްސް ޕޮލިސް ސާވިސްއިން މުހިންމު ދައުރެއް އަދާކޮށްފައިވާތީ، އެކަން ފާހަގަކޮށް އަދި ބ. އަތޮޅު ތައުލީމީ މަރުކަޒާއި މާޅޮހު ސްކޫލައި ލައިފް ގާޑް އެސޯސިއޭޝަނުން ވެދެއްވި އެހީތެރިކަން ފާހަގަކޮށް އެ ފަރާތްތަކަށްވެސް ސޮނެވާއިން ވަހީ ހަނދާނީ ފިލައެއް ދީފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.