އެެފްއޭއެމްއާ ގުޅިގެން ބ. އަތޮޅުގައި ރެފްރީން ތަމްރީން ކޮށްފި

ބ. އަތޮޅަށް ހުޅުވާލައިގެން ބޭއްވި ބޭސިކް ފުޓްބޯލް ރެފްރީސް ކޯހުގެ ނިމުމުގެ ރަސްމިއްޔާތުގެ ތެރެއިން. -- އީޓީ ފޮޓޯ: ރާއިފް ޔޫސުފް (ސައިނޯސާ ރާއި)
ބ. އަތޮޅަށް ހުޅުވާލައިގެން ބޭއްވި ބޭސިކް ފުޓްބޯލް ރެފްރީސް ކޯހުގެ ނިމުމުގެ ރަސްމިއްޔާތުގެ ތެރެއިން. — އީޓީ ފޮޓޯ: ރާއިފް ޔޫސުފް (ސައިނޯސާ ރާއި)

 

އެފްއޭއެމްއާ ބ. އަތޮޅު ކައުންސިލް ގުޅިގެން ޒޯން 3 އަށް ހުޅުވާލައިގެން ބޭސިކް ފުޓްބޯލް ރެފްރީޒް ކޯހެއް ބާއްވައިފި އެވެ.

ޖޫން 2-9 އަށް އޭދަފުށީގައި ބޭއްވި މި ކޯހުގައި 16 ފަރާތަކުން ބައިވެރިވެ ސެޓްފިކެޓް ހޯދި އެވެ. ނަމަވެސް އެފްއޭއެމްގެ ރެފްރީސް ބެޖް ލިބުނީ އަށް ފަރާތަކަށެވެ.

މިއަތޮޅު ކަމަދޫ، ފެހެންދޫ އަދި އޭދަފުށީން މީހުން ބައިވެރިވި މި ކޯހުގައި ކިޔަވައިދެއްވީ އޭއެފްސީ އެލީޓް އެސިސްޓެންޓް ރެފްރީ ކޯސް ފުރިހަމަ ކޮށްފައިވާ ރާއްޖޭގެ މަޝްހޫރު އެސިސްޓެންޓް ރެފްރީ އިބްރާހިމް ތައުފީގް (ޑޯނާ) އެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ، މި ކޯހަކީ މިނިވަން 50 މުބާރާތުގެ ނަމުގައި އެފްއޭއެމުން ބާއްވާ އަތޮޅު ފުޓްބޯޅަ މުބާރާތަށް ރެފްރީން ތައްޔާރުކުރުމަށް އެފްއޭއެމް އާއި ގުޅިގެން އިންތިޒާމުކުރި ކޯހެއް ކަމަށެވެ.

އެފްއޭއެމްގެ ބެޖް ނުލިބޭ އަނެއް ބައިވެރިންނަށް ވެސް އަތޮޅު ފެންވަރުގައި ރެފްރީކަން ކުރުމުގެ ފުރުސަތު ދޭނެ ލިބޭނެ ކަމަށް އަތޮޅު ކައުންސިލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.