ހިތާދޫ ކައުންސިލުގެ ރައީސް ޕީޕީއެމް އަށް ސޮއިކޮށްފި

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން
ހިތަދޫ ކައުންސިލުންގެ ރައީސް ޢަބްދުއްރަޝީދު ޕީޕީއެމް އަށް ސޮއިކުރުމުގެ ރަސްމިއްޔާތު
ހިތަދޫ ކައުންސިލުންގެ ރައީސް ޢަބްދުއްރަޝީދު ޕީޕީއެމް އަށް ސޮއިކުރުމުގެ ރަސްމިއްޔާތު

 

ބ. ހިތާދޫ ކައުންސިލުގެ ރައީސް އަބްދުއްރަޝީދު އަބްދުލް ޣަފޫރު ޕީޕީއެމް އަށް ސޮއިކުރައްވައިފި އެވެ.

އަބްދުލް ޣަފޫރު ޕީޕީއެމްއަށް ސޮއި ކުރެއްވީ އިއްޔެ މުލިއާގޭގައި ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އޭނާ ކައުންސިލަށް ހޮވިފައިވަނީ އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގަ އެވެ.

އެ ރަސްމިއްޔާތުގައި ހިތާދޫ ކައުންސިލުގެ ރައީސްގެ އިތުރުން 2 ރަށެއްގެ ކައުންސިލުރުންނާއި އެއް އަތޮޅު ކައުންސިލުގެ ރައީސްވެސް ވަނީ ޕީޕީއެމް އަށް ސޮއިކުރައްވާފަ އެވެ.

މީިޑިއާއަށް މައުލޫމާތުދެމުން އެބޭފުޅުން ވިދާޅުވީ އެބޭފުޅުން ޕީޕީއެމާ ގުޅިވަޑައިގަތީ އެޕާޓީއާއި ގުޅިގެން ނޫނީ ރައްޔިތުންނަށް ހިދުމަތްދީ ގައުމު ތަރައްގީ ކުރަން އުނދަގުވާނެތީ ކަމަށެވެ.

މި ރަސްމިއްޔާތުގައު ސަރުކާރުން ރާއްޖެއަށް ކޮށްދެއްވަމުން އަންނަ ކަންތައްތައް ވަނީ އެބޭފުޅުން ފާހަގަ ކުރައްވާފަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...