ފެހެންދޫގެ މުވައްޒަފުން ރައްޔިތުންނަށް މާހެފުމެއް ދީފި

ބ. ފެހެންދޫ މުވައްޒަފުން ރައްޔިތުންނަށް ދިން މާހަފުމުގެ ތެރެއިން ފޮޓޯ- އީޓީ ފޮޓޯ: ޒުހުދާ
ބ. ފެހެންދޫ މުވައްޒަފުން ރައްޔިތުންނަށް ދިން މާހަފުމުގެ ތެރެއިން ފޮޓޯ- އީޓީ ފޮޓޯ: ޒުހުދާ

 

ބ. ފެހެންދޫގެ މުއްސަސާތަކުގެ މުވައްޒަފުން އެރަށުގެ ރައްޔިތުންނަށް އިއްޔެ ހަވީރު މާހަފުމެއް ދީފިއެވެ.

އިއްޔެ ހަވީރު ރައްޔިތުންނަށް ދިން މި މާހަފުމުގައި ފެހެންދޫގެ ގިނަ އަދަދެއްގެ ރައްޔިތުންވަނީ ބައިވެރިވެފަ އެވެ.

ފެހެންދޫން ވާހަގަދެއްކި މީހަކު ބުނިގޮތުގައި މިއީ އެރަށުގެ މުއައްސަސާތަކުގެ މުވައްޒަފުން ރައްޔިތުންނަށް ދިން ފަރަތަމަ މާހެފުން ކަމަށް ވީނަމަވެސް މީގެ ފަހުން ކޮންމެ އަހަރަކުވެސް ރަމަޟާން މަސް ފެށެން ކައިރިވުމުން މުއައްސަސާތަކުގެ މުވައްޒަފުންގެ މެދުގައި މާހެފުން ބާއްވާނެ އެވެ.

ބަރަކާތްތެރި ރަމަޟާން މަސް ފެށެން ކައިރިވުމުން އެކުވެރިކަން ބަދަހި ކުރުމުގެ ގޮތުން އެއްބައަކު އެނެއް ބައަކަށް މާހެފުން ދިނުމާއި އޮފީސްތަކާއި ގްރޫޕް ތަކުން އެކުގައި މާހެފުން ބޭއްވުމަކީ ދިވެހިންގެ ޘަޤާފީ އާދަކާދަ އެކެވެ. މިއަދާ ހަމައަށްވެސް މިއާދަކާދައިގެ މަތިން ކޮންމެ ރަމަޟާން މަހެއްގައިވެސް ރާއްޖޭގެ ރަށްރަށުގައި މާހެފުން އަންނަނީ ބާއްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.