ގަދަ 16 ގެ މެޗު ކާމިޔާބުކޮށް އޭދަފުށި ކްއާޓާއަށް

އޭދަފުށީ ޓީމުގެ ބައެއް ކުޅުންތެރިން
އޭދަފުށީ ޓީމުގެ ބައެއް ކުޅުންތެރިން

 

މާލޭގައި މިހާރު ކުރިއަށްދާ އައިލެންޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16ގެ މެޗު ކާމިޔާބުކޮށް، އެންމެ ފަހުގެ ޗެމްޕިއަން އޭދަފުށި މުބާރާތުގެ ކްއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މުބާރާތުގެ ކްއާޓާ ފައިނަލުން އޭދަފުށި ޖާގަހޯދީ ރޭ ކުޅުނު މެޗުގައި 5-2 ލަނޑުން ފ. ބިލެއްދޫ ޓީމުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

އޭދަފުށީ ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އަހްމަދު އަޝްހަމް އާއި އަލީ ޒުބައިރުގެ އިތުރުން އިޝާން އިބްރާހިމް (ސައްޓު) އެވެ. މީގެ ތެރެއިން އަޝްހަމް އާއި އަލީ ޒުބައިރު، މިއިން ކޮންމެ ކުޅުންތެރިއަކުވަނީ ދެ ގޯލް ކާމިޔާބު ކޮށްދީފަ އެވެ.

ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާޟު ހޯދި އަލީ ޒުބައިރު
ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުހޯދި އަލީ ޒުބައިރު

މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އަލީ ޒުބައިރު އެވެ.

މި ނަތީޖާއާއެކު އޭދަފުށީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވާއިރު ކުއާޓާގައި މިރޭ ވާދަކުރާނީ ލ. ގަމާ އެވެ. ގަމު ޓީމު ކްއާޓާއިން ޖާގަހޯދީ ރޭ އެޓީމު ކުޅުނު މެޗުން ރ. ދުވާފަރުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މިރޭގެ މެޗުގައިވެސް އޭދަފުއްޓަށް ސަޕޯޓް ކުރުމަށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ހާޟިރުވުމަކީ ޓީމުގެ ވަރަށް ބޮޑު އެދުމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.