ޓީބީ ތްރީ އޮން ތްރީ އަށް ފުރުސަތު ހުޅުވާލައިފި

ޓީބީ ތްރީ އޮން ތްރީ މުބާރާތުގައި މިދިޔަ އަހަރު ކުޅެނީ– ފޮޓޯ / ޓީބީ
ޓީބީ ތްރީ އޮން ތްރީ މުބާރާތުގައި މިދިޔަ އަހަރު ކުޅެނީ– ފޮޓޯ / ޓީބީ

 

 

ކްލަބް ދަ ބިގިނާސް އިން ރޯދަމަހާ ދިމާކޮށް އޭދަފުށީގައި ބާއްވަމުން އަންނަ ތްރީ އޮން ތްރީ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އޭދަފުށީ ޒުވާނުންނަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތް ފަށާނީ ޓީބީ އިން ބުނިގޮތުގައި ރޯދަ މަހުގެ ދެވަނަ ދުވަހުގެރެ އެވެ. މި އަހަރު މި މުބާރާތް ކުޅޭނީ އޭދަފުށީ ފުޓްސަލް ދަނޑުގަ އެވެ.

ދަ ބިގިނާސް އިން ބުނިގޮތުގައި މިއަހަރުގެ މުބާރާތުގައިވެސް ބައިވެރި ކުރާނީ މުއްދަތު ހަމަވުމުގެ ކުރިން ބައިވެރިވުމުގެ ފީ އާއެކު ފުރަތަމަ ފޯމް ހުށަހަޅާ 15 ޓީމެވެ. އޭގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަަން ފެއިމްސް ޔުނިއިޓެޑް އަށް ވަނީ އޮޓޮމެޓިކުން މުބާރާތުން ޖާގަ ލިބިފަ އެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފޯމް ކްލަބް ދަ ބިގިނާސްގެ އޮފީހުންނާއި، 7774245 ނަންބަރު ފޯނަށް ގުޅުމުން ލިބޭނެއެވެ. މުބާރާތުގައި ބައިވެރިވުމަށް 500ރ. ދައްކަން ޖެހޭއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 23:30 ގެ ނިޔަލަށެވެ. މިއަހަރު މުބާރާތުގައި ބައިވެރިވުމަށްފޯމު ދޫކުރަނީ ޑިޕޮސިޓްގެ ގޮތުގައި 100ރ. ދެއްކުމުންނެވެ.

މުބާރާތުގެ ގުރުއަތުލުން އަންނަ ހަފްތާ ތެރޭ ބާއްވާނެ ކަމަށް ޓީބީން ބުންޏެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ދިރާގު އެވެ. އަދި ކޯ ސްޕޮންސަރަކަށް ކެލިން އާއި ޑިޒަޔާޑް މޯލްޑިވްސް ހަމަޖައްސާފައިވާއިރު މީޑިއާ ޕާޓްނަރަކީ މިއަހަރުވެސް އޭދަފުށި ޓައިމްސް އެވެ. މިއީ ޓީބީ ން މި މުބާރާތް ބާއްވާ 5 ވަނަ އަހަރެވެ.

ޓީބީ ތްރީ އޮން ތްރީ މުބާރާތުގެ ގަވައިދު

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.