ދިރާގު ރަމަޟާން ތްރީ އޮން ތްރީ ސޮކާ ކަޕް ފަށައިފި

ދިރާގު ރަމަޟާން ތްރީ އޮން ތްރީ ސޮކާ ކަުގެ ތެރެއިން
ދިރާގު ރަމަޟާން ތްރީ އޮން ތްރީ ސޮކާ ކަުގެ ތެރެއިން

 

ކްލަބް ދަ ބިގިނާސް އިން ރޯދަމަހާ ދިމާކޮށް އޭދަފުށީގައި ބާއްވާ ދިރާގު ރަމަޟާން ތްރީ އޮން ތްރީ ސޮކާ ކަޕް ރޭ ފަށައިފި އެވެ.

އޭދަފުށީ ރަސްމީ ފުޓްސަލް ދަނޑުގައި 16 ޓީމާއެކު ފެށި މުބާރާތް ހުޅުވައިދެއްވީ ދިރާގު އޭދަފުށީ އޮޕަރޭޝަންސް ސެންޓަރުގެ މެނޭޖަރު އަބްދުﷲ ސޯދިގު އެވެ.

ދިރާގު ރަމަޟާން ތްރީ އޮން ތްރީ ސޮކާ ކަުގެ ތެރެއިން
ދިރާގު ރަމަޟާން ތްރީ އޮން ތްރީ ސޮކާ ކަުގެ ތެރެއިން

 

މުބާރާތުގައި ރޭ ހަތަރު މެޗު ކުޅުނެވެ. ފުރަތަމަ މެޗުގައި ގްރޫޕް އޭ ގެ ޓީމު އީޕީ އަތުން 3-0 އިން އެފްސީ އޮޒޮކް މޮޅުވިއިރު ދެވަނަ މެޗުގައި ގްރޫޕް ބީ ގެ ކްލަބް ސަޖީ އެންޑް ފްރެންޑްސް އާއި މިދިޔަ އަހަރުގެ ޗެމްޕިއަން ފެއިމްސް ޔުނިއިޓެޑް ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ. ތިންވަނަ މެޗުގައި ގްރޫޕް ސީ ގެ ޓީމު ޝީޝާ އަތުން 1-2 އިން ޑައުންޓައުން ވަނީ މޮޅުވެފަ އެވެ.

ރޭ ކުޅުނު ފަހު މެޗުގައި ގްރޫޕް ޑީ ގެ ދިރާގު އަތުން 1-0 އިން ތުތިމަސް އެފްސީ ވަނީ މޮޅުވެފަ އެވެ.

މުބާރާތުގައި މިރޭވެސް ހަތަރު މެޗު ކުޅޭނެ އެވެ.

މިފަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ ދިރާގު އެވެ. އަދި ކޯ ސްޕޮންސަރުންނަކީ ކެލިން އާއި ޑިޒަޔާޑް މޯލްޑިވްސް އެވެ. މިފަހަރުވެސް މުބާރާތުގެ މީޑިޔާ ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ އޭދަފުށި ޓައިމްސް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.