ޑިންގީއެއްގައި އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި

ރޭ އޭދަފުށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާގެ އަތުން ފެނުނު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި -- ފޮޓޯ: އޭދަފުށި ޕޮލިސް ސްޓޭޝަން
ރޭ އޭދަފުށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާގެ އަތުން ފެނުނު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި — ފޮޓޯ: އޭދަފުށި ޕޮލިސް ސްޓޭޝަން

 

ޑިންގީއެއްގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ބާވަތެއް  ދަރަވަންދޫން އޭދަފުއްޓަށް ގެނައި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ދަރަވަންދޫ އިން ފުރައިގެން އޭދަފުއްޓަށް އައި އުޅަނދަކުން މަސްތުވާތަކެތި ކަމަށް ބެލެވޭ ސެލޯފިން ތަކަކާއެކު ފުލުހުން ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ފިރިހެނެކެވެ. ނަމަވެސް އެއީ ކޮން ރަށެއްގެ ކޮން ނަމެއް ކިޔާ މީހެއް ކަމެއް ފުލުހުން ނުބުނެ އެވެ.

އީޓީއަށް އެނގިފައިވާ ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވަނި އޭދަފުއްޓަށް ނިސްބަތްވާ މީހެކެވެ.

ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ދަރަވަންދޫން އޭދަފުއްޓަށް ދަތުރުކުރި އުޅަނދަކުން މަސްތުވާތަކެތި ގެންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭދަފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހުކުރު ދުވަހުގެ ރޭ އެގާރަ ޖަހާކަންހާއިރު އޭނާ އޭދަފުއްޓަށް އައިތަކުން ކަމަށެވެ.

އޭނާ ހައްޔަރުކޮށް ޗެކްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ ސެލޯފިންކޮޅުތައް ފެނިފައިވަނީ އޭނާ ލައިގެންހުރި ޖިންސުގެ ފަހަތު ޖީބުގައި އޮތް ސިގިރެޓް ފޮއްޓެއްގެ ތެރެއިން ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

“އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ކުޑަކަމުދާތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތަކަށް ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އަކީ މީގެކުރިން މަސްތުވާތަކެތީގެ ތަފާތު 4 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ މީހެކެވެ،” ފުލުހުންގެ ވެބްސައިޓްގައި ވެ އެވެ.

މި މައްސަލަ އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.