ގޮނޑުތަކަށް ޖަމާކުރާ ކުނިބުނީގެ ސަބަބުން މަދިރި ނައްތާލަން ދަތިތަކެއް

އޭދަފުށީ ކުނިއަޅާ ސަރަހައްދު އެކިބާވަތުގެ ކުނިބުނިން ތަޣައްޔަރުވެފައި
އޭދަފުށީ ކުނިއަޅާ ސަރަހައްދު އެކިބާވަތުގެ ކުނިބުނިން ތަޣައްޔަރުވެފައި

 

ބ. އަތޮޅުގައި ޑެންގީ ހުން ކޮންޓްރޯލްކުރުމުގައި އެންމެބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވަނީ އަތޮޅުގެ ރަށްރަށުގެ ކުނިގޮނޑުތަކަށް ޖަމާވާ ފެން ހަރުލާޒާތުގެ ކުނިބުނީގެ ސަބަބުން ކަމަށް  ބ. އަތޮޅު ކައުންސިލުން ބުނެފި އެވެ.

ބ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު އާދިލް ވިދާޅުވީ ޑެންގީއަށް ޝައްކުކުރެވޭ ހުމުގެ ރޯގާ ބޮޑަށް ފެތުރުނު މިއަތޮޅު ތުޅާދޫއާއި ގޮއިދޫ އާއި އޭދަފުށީގެ ކުނިކޮށީގައި އުފެދިފައިވާ ކުނިތައް ނައްތާލެވޭނެގޮތެއް ހޯދަން ކަމާބެހޭ ފަރާތްތަކާއެކު މިހާރުވެސް އަވަސް މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށެވެ.

އޭދަފުށީ ކުނިއަޅާ ސަރަހައްދު އެކިބާވަތުގެ ކުނިބުނިން ތަޣައްޔަރުވެފައި
އޭދަފުށީ ކުނިއަޅާ ސަރަހައްދު އެކިބާވަތުގެ ކުނިބުނިން ތަޣައްޔަރުވެފައި

 

އާދިލް ވިދާޅުވި ގޮތުގައި މިދިޔަ ހަފްތާތެރޭގައި ކުރެވުނު މަސައްކަތުން ބ. އަތޮޅުގެ ރަށްރަށުގެ ފަޅުގޯތިތަކާ، ކުނިކޮށިތަކާއި އެހެނިހެން އާންމު ސަރަހައްދުތަކުން ފެންހަރުލާ ގޮތަށް ހުރި ގިނަތަކެތި ނައްތާލެވުނެވެ. އަދި އަތޮޅު ހޮސްޕިޓަލާ، އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ޑެންގީހުމުން ރައްކާތެރިވުމަށް އަތޮޅު ތެރޭގައި ކޮންމެ ދުވަހަކުވެސް އެތައް ހަރަކާތެއް މިހާރުވެސް ކުރިޔަށް ގެންދާކަމަށް އާދިލް ވިދާޅުވިއެވެ.

އެގޮތުން، ގޭގެއަށާއި ރަށުތެރެއަށް މަދިރި ބޭސް ޖެހުމުގެ ކަންކަން ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދެވޭކަމަށްވެސް އާދިލް ވިދާޅުވިއެވެ.

އަތޮޅު ކައުންސިލުން ބުނީ ޑެންގީހުމުން ރައްކާތެރިވެ ތިބުމައްޓަކައި މިއަދާއި މާދަމާ ރާއްޖޭގެ ހުރިހާކަންކޮޅުތަކެއްގައި މަދިރި ކޮންޓްރޯލް ކުރުމާއި މަދިރި ނައްތާލުމަށް ހިންގާ ޕްރޮގްރާމު މިއަތޮޅުގެ ރަށްރަށުގައިވެސް ކުރިއަށްދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.