ބީއެމްއެލް އޭދަފުށީ ބްރާންޗުގައި އާ އޭޓީއެމް އެއް ބަހައްޓައިފި

އޭދަފުށި ޓައިމްސްވިޔަފާރި
ބީއެމްއެލް އޭދަފުށީ ބްރާންޗުގައި ބެހެއްޓީ އާ އޭޓީއެމް މެޝިން
ބީއެމްއެލް އޭދަފުށީ ބްރާންޗުގައި ބެހެއްޓީ އާ އޭޓީއެމް މެޝިން

 

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބ. އޭދަފުށިގައި ކުރިން ހުރި އޭޓީއެމްގެ ބަދަލުގައި އާ އޭޓީއެމް އެއް ބަހައްޓައި ހިދުމަތްދޭން ފަަށައިފި އެވެ.

އާ އޭޓީއެމް ބަހައްޓައި ހިދުމްތަދޭން ފެށީ ރެއިން ފެށިގެންނެވެ.

ބީއެމްއެލްގެ އޭދަފުށީ ބްރާންޗް ކުރިންވެސް އޭޓީއެމް ހުރިތާ ބެހެއްޓި އާ މެޝިނަކީ ބީއެމްއެލް އިން އޭޓީއެމުތަކުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ބެހެއްޓި އެންމެ ފަހުގެ އޭޓީއެމް މެޝިނެކެވެ.

ބީއެމްއެލް އޭދަފުށީ ބްރާންޗުގައި ކުރިން ހުރި އޭޓީއެމް މެޝިނުގެ ބަދަލުގައި އާ މެޝިނެއް ބަހައްޓާފައި މިވަނީ ފަހަކަށް އައިސް އެ ބްރާންޗުގައި ކުރިން ހުރި އޭޓީއެމްގައި އާންމުކޮށް މައްސަލަތައް ޖެހި ދޭތެރެ ދޭތެރެއިން ހިދުމަތް މެދުކެނޑި، އާންމުން ވަރަށް ޝަކުވާވެސް ކޮށްފައިވަނި ކޮށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...