ކުޑަރިކިލުގައިވެސް އެސްޓީއޯގެ ބޭސް ފިހާރައެއް ހުޅުވައިފި

ކުޑަރިކިލުގައި ހުޅުވުނު އެސްޓީއޯގެ ބޭސް ފިހާރައިން ހިދުމަތް ދެނީ - ފޮޓޯ: އެސްޓީއޯ
ކުޑަރިކިލުގައި ހުޅުވުނު އެސްޓީއޯގެ ބޭސް ފިހާރައިން ހިދުމަތް ދެނީ – ފޮޓޯ: އެސްޓީއޯ

 

ރައްޔިތުންނަށް ފަސޭހަ ގޮތެއްގައި ބޭސް ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން ކުޑަރިކިލުގައި އެސްޓީއޯގެ ފާމަސީއެއް އާދީއްތަ ދުވަހު ހުޅުވައިފި އެވެ.

މިއީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެސްޓީއޯގެ ބޭސް ފިހާރަ ހުޅުވުމުގެ މަޝްރޫއުގެ ތެރެއިން ހުޅުވި ބޭސްފިހާރައެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ. މި ހުޅުވި ބޭސްފިހާރަ އިން ވެސް އާސަންދައިގެ ހިދުމަތް މިހާރު ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ކުޑަރިކިލުގައި މި ހުޅުވި ބޭސްފިހާރައާއެކު އެސްޓީއޯ ފާމަސީތަކުގެ އަދަދު 133 އަށް އެރީ އެވެ. އަދި މިއަތޮޅުގައި ހުޅުވި ބޭސްފިހާރަ ތަކުގެ އަދަދު 8 އަށް އެރީ އެވެ.

އެސްޓީއޯއިން ވަނީ، މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް އާސަންދައިގެ ޚިދުމަތް ލިބޭ ބޭސްފިހާރައެއް ހުޅުވުމަށް އަމާޒު ހިފާފަ އެވެ.

އެސްޓީއޯ އިން ބުނިގޮތުގައި މި ބޮޑު މަޝްރޫއު ކުރިއަށް ގެންދިއުމުގައި މިނިސްޓްރީ އޮފް ހެލްތް އަދި ލޯކަލް ކައުންސިލް ތަކާއި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން އެ ކުންފުނިން ޝުކުރުވެރިކަމާއެކު ފާހަގަ ކުރެއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. DR

    ޑަކްޓަރުންނެތި ބޭސްފިހާރަ ހުޅުވީމާ ކީއްކުރާނީ. އަރިދަފުސްރޯގާޖެހުނަސްދާންޖެހެނީއިންދިޔާއަށް ޑޮކްޓަރަށްދައްކަން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.