ދޮންފަނު ސިއްހީ މަރުކަޒުގެ މަސައްކަތްތައް ނިންމަން ބަޔަކާ ހަވާލުކޮށްފި

ބ. ދޮންފަނުގައި އަލަށް އިމާރާތްކުރާ ސިއްހީ މަރުކަޒުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ކަޅިހި ކާޕެންޓްރީ އެންޑް ކޮންސްޓަރަކްޝަން ކޮމްޕެނީ އިއްޔެ ހަވާލުކޮށްފި އެވެ.
ހެލްތް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި، އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމްއެވެ. ކަޅިހި ކާޕެންޓްރީ އެންޑް ކޮންސްޓަރަކްޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރު ޝަރީފާ ސަޢީދެވެ.
ސަރުކާރުން ހަތް ލައްކައެއްހާ ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓުގެ ދަށުން، ދޮންފަނު ސިއްހީ މަރުކަޒުގައި ނުނިމިހުރި މަސައްކަތްތައް ނިންމާނެ ކަމަށް ހެލްތުން ބުންޏެވެ.
އާބާދީ ގައި 525 އެއްހާ މީހުން ދިރިއުޅޭ ދޮންފަނުގައި ހުންނަނީ 4 އެނދުގެ ސިއްހީ މަރުކަޒެކެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...