ގިޔާމަތް ދުވަހުގެ އަލާމާތްތަކާ ގުޅޭ ގޮތުން ކަމަދޫގައި ޝައިޚް ފަރީދު ތަގުރީރު ކުރައްވައިފި

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން
ޝެއިހް ފަރީދު ކަމަދޫގައި ދަރުސްދެއްވަނީ
ޝެއިހް ފަރީދު ކަމަދޫގައި ދަރުސްދެއްވަނީ

ގިޔާމަތް ދުވަހުގެ އަލާމާތްތަކާ ގުޅޭ ގޮތުން ކަމަދޫގައި ޝައިޚް ފަރީދު ތަގުރީރު ކުރައްވައިފި އެވެ.

ކަމަދޫ ކައުންސިލުން އިންތިޒާމުކޮށްގެން ހުކުރު ދުވަހުގެ ރޭ ކަމަދޫ ސްކޫލުގެ ހޯލުގައި ބޭއްވި ދަރުސްގައި “ގިޔާމަތު އަލާމާތްތައް” މި މައުލޫއަށް ވާހަކަ ދައްކަވަމުން ޝެއިޚް ފަރީދު ވިދާޅުވީ ގިޔާމަތް ވަރަށް ކައިރި ވެއްޖެ ކަމަށާއި ގިޔާމަތުގެ ބޮޑެތި އަލާމާތްތައް ނޫން އެހެން އަލާމާތްތައް މިހާރު ފެނިއްޖެ ކަމަށެވެ. އަދި ދައްޖާލު ފާޅުވުން އެއީ ބޮޑެތި އަލާމާތްތަކުގެ ފުރަތަމަ އަލާމާތް ކަމަށާއި ހުޅަނގުކޮޅުން އިރު އެރުމުން ތައުބާ ނުވެވޭނެ ކަމަށްވެސް ޝެއިހް ފަރީދު ވިދާޅުވި އެވެ.

އެ ދަރުސްގައި މި ރޯދަ މަހުގެ ފަހު 10 ގެ ބޭނުން ހެޔޮ ގޮތުގައި ހިފާ ލައިލަތުލް ގަދުރުވިލޭރޭ ގެ ދަރުމަ އާއި ސަވާބު ހޯދުމަށް ޝެއިޚް ފަރީދު ނަސޭހަތްތެރިވި އެވެ.

މި ދަރުސް އަޑުއެހުމަށް ގިނަ އަދަދެއްގެ އާއްމުންނާއި ސްކޫލު ކުދިން ހާޒިރުވި ކަމަށް ކަމަދޫ ކައުންސިލުން ބުންޏެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...