ދޮންފަނު ސިއްހީ މަރުކަޒު ނިންމުމުގެ މަސައްކަތް ފަށައިފި

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން
ދޮންފަނުގައި އަލަށް އިމާރާތްކުރާ ސިއްހި މަރުކަޒު
ދޮންފަނުގައި އަލަށް އިމާރާތްކުރާ ސިއްހި މަރުކަޒު

 

ބ. ދޮންފަނުގައި އިމާރާތްކޮށްފައިވާ އާ ސިއްހީ މަރުކަޒު ނިންމުމުގެ މަސައްކަތްތައް ފަށައިފި އެވެ.

ދޮންފަނު ސިއްހީ މަރުކަޒުން ބުނި ގޮތުގައި 2008 ވަނަ އަހަރު އިމާރާތްކޮށް ނުނިމި ދިގުލަމުން ގޮސްފައިވާ އެ އިމާރާތުގެ އެންމެފަހުގެ ފިނިޝިން މަސައްކަތްތައް ފަށާފައިވަނީ މި ހަފްތާތެރޭގަ އެވެ.

މިދިޔަ ހަފްތާތެރޭގައި ކަޅިހި ކާޕެންޓްރީ އެންޑް ކޮންޓްރަކްޝަނާ ހެލްތް މިނިސްޓްރީން ހަވާލުކޮށްގެން ކުރިޔަށްގެންދާ މި މަސައްކަތުގެ ދަށުން ސިއްހީ މަރުކަޒުގެ ވޯޑާ، ޑޮކްޓަރު ބައްލަވާ ކޮޓަރިއާއި، އޮފީސްބައިގެ މަސައްކަތްތައް މުޅިންނިންމައި ހިދްމަތްދެވޭވަރަށް ތައްޔާރު ކުރެވޭނެކަމަށް ދޮންފަނު ސިއްހީ މަރުކަޒުން ބުންޏެވެ.

ދޮންފަނު ސިއްހީ މަރުކަޒު މިވަގުތު ހިންގަމުންގެންދަނީ އެރަށު ކައުންސިލް އިދާރާގެ ގޯތިތެރޭގައި ހުރި އިމާރާތެއްގަ އެވެ.

މިހާރު ކުރިޔަށްދާ އާ އިމާރާތުގެ ނިންމުމުގެ މަސައްކަތަށް ސަރުކާރުން ހަތްލައްކައެއްހާ ރުފިޔާ ހަރަދުކުރެ އެވެ.

ދޮންފަނު ސިއްހީ މަރުކަޒުން ބުނި ގޮތުގައި އާ އިމާރާތުގައި މިހާރުކުރެވޭ މަރާމާތުތައް އަންނަމަހުގެ ކުރީކޮޅު ނިންމާލެވޭ ވަރުވާނެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...