ތުޅާދޫން ދޫކޮށްލި ވައްލަ ޖޯޑު 5 އަހަރު ފަހުން ބިސް އަޅަން އެނބުރި ގެއަށް

medium_60095

ނޯޓް: މިއީ ރާއްޖެ ނޫހުގައި އާމިނަތު ނުޒުހާ 8 ޖުލައި 2015 ގައި ލިޔެފައިވާ ރިޕޯޓެކެވެ.

8 އަހަރު ވަންދެން އޮޅުކޮށްގެން މީހަކު ގެންގުޅުނު ވައްލަ ޖޯޑެއް، ދޫނި ގެންގުޅުން ސަރުކާރުން މަނާކުރުމުން މިނިވަންކަމާއެކު ދޫކޮށްލިތާ 5 އަހަރު ފަހުން އެނބުރި ގެއަށް އައިސް ބިސްއަޅައިފި ކަމަށް ދޫނި ގެންގުޅުނު މީހާ ބުނެފިއެވެ.

ބ. ތުޅާދޫ ފެހިގޭ އުމުރުން 55 އަހަރުގެ ޔޫސުފް މުހައްމަދު (ލައްޓިބެ) ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ އޭނާއަކީ ދޫނި އޮޅުކޮށްގެން ގެންގުޅުމަށް ވަރަށް ބޮޑަށް ލޯބި ކުރާ މީހެއްކަމަށާއި، ފުރަތަމަ އޭނާ އެ، ދެ ވައްލަ ގެނައީ ވަރަށް ކުޑަ ކުޑަ އިރު “ފުށްގަނޑެށް”ހެން އޮއްވާކަމަށެވެ.

ޔޫސުފް މުހައްމަދު ބުނީ ދޫނިތަކަށް ދަރިކުލުނު ޖެހިފައިވާ ކަމަށާއި އެ ތަކެތިވެސް އޭނާދެކެ އެހާމެ ލޯބިވާކަމަށެވެ.

“ވައްލަތައް އައިސް އުޅޭ ދުވަސް ވަރަކު ވިއްޔާ މަހަށްވެސް ނުގޮސް ހުންނަ ހިތްވަނީ ގޭގައި.އެސޮރުމެންގެ ޚިދުމަތުގަ. އަންނަ ގަޑި ޖެހެންވާ އިރަށް އަހަރެން ހުންނަނީ އެސޮރުމެންނަން ކާތަކެތި ތައްޔާރުކޮށްގެން. އާއްމުކޮށް ކައި އުޅެނީ ރެހި އަދި ކުދި ކޮރަކަލި މަސް” ޔޫސުފް ބުންޏެވެ.

ޔޫސުފް (ލައްޓިބެ) ބުނީ ދޫކޮށްލުމުންވެސް 8 މަހުން ނުވަމަހުން ކަހަލަ ގޮތަކަށް އެނބުރި އައިސް އުޅެލާފައި އަނެއްކާވެސް އެނބުރި ދަނީކަމަށެވެ.

އޭނާ ބުނީ މި ވޭތުވެ ދިޔަ 8 އަހަރު ތެރޭ އަދި ދުވަހަކުވެސް އެސޮރުމެން ގެއަށް ބިސްނާޅާ ކަމަށާއި ގޭގައި އޮޅުކޮށްގެން ގެންގުޅުނު އިރުވެސް ބިސް އަޅަން ވީމާ އުދުހި ދަނީ ކަމަށެވެ. އެހެންނަމަވެސް މިފަހަރު ވައްލަ ޖޯޑް ގެއަށް އައިސް ބިސް އެޅުމުން އުފާވި ކަމަށާއި އަދި ހަމަ އެއާއިއެކު ކޮންމެވެސް ވަރަކަށް ދެރަވެސް ވިކަމަށެވެ.

medium_60096

ދެރަވީ ކީއްވެތޯ އެހުމުން އޭނާ ބުނީ ބިސްއަޅައިގެން ބިސް ފީ ކުރަން އެސޮރުމެން ބޭނުންވާނީ ރައްކާތެރި އަމާން މާހައުލެއްކަމަށާއި، މީހުން ދިރިއުޅޭ ހަލަބޮލި މާހައުލަކަށް އެސޮރު އައި އައުމުން ދޭހަ ވަނީ އެސޮރުމެންނަށް ނުރައްކާ އޮތް މިންވަރުކަމަށެވެ.

ވައްލަ ބިސް އެޅީ އެގޭ ޖޯލިފަތި ދަށަށް ކަމަށާއި ބިސް ފީ ކުރަން 21 ދުވަސް ނަގާއިރު މިހާރު އޭތި ބިސް އެޅިތާ 2 ހަފްތާ ވެފައިވާކަމަށް އޭނާ ބުންޏެވެ.

ޔޫސުފް ބުނީ އެސޮރުމެން އެކަތި އަނެކައްޗަށް ޑިއުޓީ ބަހައިގެން ބިސް ފީ ވަންދެން ބިހުގެ ހިމާޔަތުގައި ޑިއުޓީ ކުރަމުން ދާއިރު ޔޫސުފްވެސް ގިނަ ރޭރޭ ހުންނަނީ އެ ސޮރުމެންގެ ހިމާޔަތުގައި ނުނިދާކަމަށެވެ.

މީގެ ކުރިންވެސް އެސޮރުމެން ބިސްއަޅައި ވިހައިގެން ކުދި ދޫނިތަކާއި އެކު ޔޫސުފްގެ ގާތައް އައިސް އުޅޭކަމަށް އުފަލާއިއެކު އޭނާބުންޏެވެ.

medium_60111

medium_60110

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.