ތުޅާދޫން ދޫކޮށްލިތާ 5 އަހަރު ފަހުން އެނބުރި އައިސް ބިސް އެޅި ވައްލަ ޖޯޑު ވިހައިފި

valla

 

އައިނު މަތީ ދޫނި ނުވަތަ ކަނޑުމަތީގައި އުޅޭ “ސީބަރޑްސް”ގެ ބާވަތްތައް ހިފާހައްޔަރުކޮށްގެން ގޭގޭގައި “ޕެޓްސް”ގެ ގޮތުގައި ގެންގުޅުން ސަރުކާރުން މަނާ ކުރުމާ ގުޅިގެން ބ. ތުޅާދޫ ފެހިގެއިން މީގެ 5 އަހަރު ކުރިން ދޫކޮށްލުމުން އެނބުރި އައިސް ގެއަށް ބިސް އެޅި ވައްލަ ޖޯޑު ވިހައިފި ކަމަށް ރާއްޖެ ނޫހުން އިއްޔެ ރިޕޯޓް ކޮށްފިއެވެ.

“ކޮމެއަކަސް އެގޭ ޖޯލިފަތި ދަށަށް ބިސްއަޅާ ބިސްފީކޮށް ވިހެއުން ވެގެންދިޔައީ ޔޫސުފަށާއި އޭނާގެ އާއިލާއަށް އަދި ބ.ތުޅާދޫގެ ރައްޔިތުންވެސް ލިބުނު ބޮޑު އުފަލަކަ”ށް ކަމަށް އާމިނަތު ނުޒުހާ 20 ޖުލައި 2015 ގައި ޝާއިއު ކުރި ރިޕޯޓްގައި ލިޔެފައިވެއެވެ.

“މިއަދު ސޯޝަލް މީޑިއާގައި އެރަށުގެ ގިނަބަޔަކު އަންނަމީ ރަށަށާއި ޔޫސުފްގެ އާއިލާއަށް އިތުރުވި ވި މެމްބަރަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔަމުންނެވެ. ޔޫސުފް ބުނީ އެސޮރުމެން އެކަތި އަނެކައްޗަށް ޑިއުޓީ ބަހައިގެން ބިސް ފީ ވަންދެން ބިހުގެ ހިމާޔަތުގައި ޑިއުޓީ ކުރަމުން ދިޔައިރު ޔޫސުފް ވެސް ގިނަ ރޭރޭ ހުރީ އެ ސޮރުމެންގެ ހިމާޔަތުގައި ނުނިދާ ކަމަށެވެ. ޔޫސުފް ބުނީ އޭނާގެ “ފުށްގަނޑު” ފެނުމުން ވަރަށްބޮޑަށް އުފާވެއްޖެކަމަށާއި، އެސޮރުމެންނަށް ކާންދޭން ތާޒާމަސް ހޯދުމުގައްޔާއި އެސޮރުމެން ބުޅާފަތަ ތަކެތީގެ ނުރައްކަލުން ސަލާމަތް ކުރުމަށް ރެއާ ދުވާލުގެ ގިނަވަގުތު ހޭދަކުރަނީ އެސޮރުމެންގެ ގާތުގައި ކަމަށް” ވެސް އެ ރިޕޯޓްގައި ލިޔެފައިވެއެވެ. .

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.