އިންޓަހައުސް ފުޓްބޯޅަ މުބާރާތް މާދަމާ ހެނދުނު ފަށަނީ

އިބްރާހިމް ޒަހާން ޒާހިރުކުޅިވަރު
އިންޓަހައުސް ފުޓްބޯޅަ މުބާރާތެއްގައި ކުޅެނީ- ފައިލް ފޮޓޯ
އިންޓަހައުސް ފުޓްބޯޅަ މުބާރާތެއްގައި ކުޅެނީ- ފައިލް ފޮޓޯ

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ އިންޓަހައުސް ފުޓްބޯޅަ މުބާރާތް މާދަމާ ހެނދުނުފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ސީނިއާ އަދި ޖޫނިއާ ގްރޫޕް ހިމެނޭގޮތަށް ބާއްވާ މުބާރާތުގައި މިއަހަރުވެސް އެ ސްކޫލުން ހަތަރު ހައުސް އިން ވާދަކުރާނެ އެވެ.

ސީނިއާ ގްރޫޕްގެ ފުރަތަމަ މެޗުގައި މާދަމާ ހެނދުނު ކުޅޭނީ ޔެލޯ ހައުސް އާއި މިދިޔަ އަހަރުގެ ރަނާ އަޕް ބްލޫ ހައުސް އެވެ. ދެވަނަ މެޗުގައި މާދަމާ ހަވީރު ވޭތުދިޔަ ތިން އަހަރުގެ ޗެމްޕިއަން ވައިލެޓް ހައުސްއާ ދެކޮޅަށް ނުކުންނާނީ ރެޑް ހައުސް އެވެ. މުބާރާތުގެ ޖޫނިއާ ގްރޫޕުގެ ކުޅުން ފަށާނީ ސެޕްޓެމްބަރު 2 ގަ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނިގޮތުގައި މިއަހަހަރުގެ އިންޓަހައުސް ނެޓްބޯޅަ މުބާރާތް މާދަމާ ހަވީރު ފަށާއިރު، ނެޓްބޯޅަ މުބާރާތްވެސް އޭގެ އަނެއް ދުވަހު ފެށުމަށް ދަނީ ތައްޔާރުވަމުން ނެވެ.

ސްކޫލް ކުދިންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމަށްޓަކައި ކޮންމެ އަހަރަކު ވަރަށް ފޯރިއާ އެކު ބާއްވަމުން އަންނަ އިންޓަ ހައުސް ފުޓުބޯޅަ މުބާރާތުން ގިނަ އަދަދެއްގެ ކުޅުންތެރިން ވަނީ އުފެދިފަ އެވެ. ރާއްޖޭގެ ގައުމީ ޓީމުގައި އަދި ފުރަތަމަ ޑިވިޝަންގައި ކުޅޭ އޭދަފުށީ ހުރިހާ ކުޅުންތެރިންނަކީވެސް އިންޓަހައުސް ފުޓްބޯޅަ މުބާރާތުން ވިދާލި ކުޅުންތެރިންނެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...