ރާއްޖޭގެ އެންމެ ރީތި ރިސޯޓްތަކުގެ ތެރޭގައި އަނަންތަރާ

އަނަންތަރާ ކިހަވައް ވިލާސް
އަނަންތަރާ ކިހަވައް ވިލާސް

 

މަޝްހޫރު ވިޔަފާރި ނޫހެއް ކަމަށްވާ ބިޒްނަސް އިންސައިޑާ އިން އެކުލަވާލި ރާއްޖެއިން އެންމެ ރީތިކަމަށް ފާހަގަކޮށްލެވޭ އަށް ރިސޯޓްގެ ތެރޭގައި ބ. އަތޮޅުގައި ހިންގަމުން އަންނަ އަނަންތަރާ ކިހަވައް ވިލާސް ހިމެނިއްޖެ އެވެ.

ވިޔަފާރިއާއި ޓެކްނޮލޮޖީގެ ހަބަރުތައް ގެނެސްދޭ މަޝްހޫރު މި ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި އަނަންތަރާ ކިހާވަށް ވިލާސް ގައިވާ 79 ވިލާގެ ތެރެއިން ގިނަ ވިލާތަކަކީ މޫދުގެ ލޮނުގަނޑު މަތީގައިވާ ވިލާތަކެކެވެ. އެތަނުގައިވާ ސްޕާއާއި ސިކްސް ޓްރީޓްމެންޓްސް ސުއިޓްސް ވެސް ބިނާކޮށްފައިވަނީ ލޮނުގަނޑުގެ މަތީގައި ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.

 

ތައިލެންޑުގެ މަޝްހޫރު ހޮސްޕިޓެލިޓީ ކުންފުނި މައިނަ އިންޓަނޭޝަނަލް އިން އޮޕަރޭޓްކުރާ އަނަންތަރާ ބްރޭންޑުގެ ދަށުން ރާއްޖޭގައި ހަތަރު ރިސޯޓެއް ހިންގަ އެވެ. އެއީ ދިގު ރިސޯޓުގެ ފަޅުގެ ތެރޭގައި އޮންނަ އަނަންތަރާ ވެލި ރިސޯޓާއި ނަލަދޫ ރިސޯޓުގެ އިތުރުން ބ. އަތޮޅުގައި ހަދާފައިވާ އަނަންތަރާ ކިހާވަށް ވިލާސް އެވެ.

އަނަންތަރާ ކިހަވައް ވިލާސް
އަނަންތަރާ ކިހަވައް ވިލާސް

 

“ބިޒްނަސް އިންސައިޑާ”އިން އެކުލަވާލި ރާއްޖެއިން އެންމެ ރީތިކަމަށް ފާހަގަކޮށްލެވޭ އަށް ރިސޯޓް:

• ޗެވަލް ބްލޭންކް ރަންދެލި
• ކޮންރާޑް މޯލްޑިވްސް ރަންގަލި
• ނަލަދޫ
• ވަން އެންޑް އޮންލީ ރީތިރަށް
• ކޮކޯ އައިލެންޑް (މަކުނުފުށި)
• ވެލާ ޕްރައިވެޓް އައިލެންޑް
• ޖުމެއިރާ ދެވަނަ ފުށި
• އަނަންތަރާ ކިހަވައް ވިލާސް

އަނަންތަރާ ކިހަވައް ވިލާސް
އަނަންތަރާ ކިހަވައް ވިލާސް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.