ދިރާގު “ސްމާޓް އެންޑް ވިން”ގެ އިތުރު ދެ ނަސީބުވެރިން ހޮވައިފި

ދިރާގުން ޕޯސްޓްޕެއިޑް ނަންބަރު ނަގާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނުގެ ތިންވަނަ ހަފުތާގެ ނަސީބުވެރި ފަރާތަށް ދިރާގުގެ ފުވައްމުލަކު އޮޕަރޭޝަންސް މެނޭޖަރު އާސިފް ނައީމް (ވ) އިނާމު ހަވާލު ކުރަނީ-- ފޮޓޯ: ދިރާގު
ދިރާގުން ޕޯސްޓްޕެއިޑް ނަންބަރު ނަގާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނުގެ ތިންވަނަ ހަފުތާގެ ނަސީބުވެރި ފަރާތަށް ދިރާގުގެ ފުވައްމުލަކު އޮޕަރޭޝަންސް މެނޭޖަރު އާސިފް ނައީމް (ވ) އިނާމު ހަވާލު ކުރަނީ– ފޮޓޯ: ދިރާގު

ދިރާގުގެ ޕޯސްޓްޕެއިޑް ނަންބަރު ނަގާ މީހުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ތިންވަނަ އަދި ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި އެވެ.

އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި އަލަށް ޕޯސްޓެޕެއިޑް ނަގާ މީހުންނަށާއި މިހާރު ގެންގުޅޭ ނަންބަރު ޕޯސްޓްޕެއިޑަށް ބަދަލު ކުރާ މީހުންނަށް ބައިވެރިވެވެ އެވެ.

ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް “ސްމާޓް” އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ޕްރޮމޯޝަންގެ ތިންވަނަ ހަފުތާގެ ނަސީބުވެރިއަކަށް ހޮވުނީ ޏ. ފުވައްމުލަކު އައިމިނަތު އާބިދާ އެވެ. އަދި ހަތަރު ވަނަ ހަފުތާގެ ނަސީބުވެރިއަކަށް ހޮވުނީ ރ. މަޑުއްވަރީ ގުރައިޝާ މުހައްމަދު އެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ދިނުމަށް ހަމަޖެހިފައިވާ “ސްމާޓް” އިނާމުތަކުގެ ތެރޭގައި 55 އިންޗީގެ ކާވް ޓީވީ އާއި މެކްބުކް ޕްރޯ އާއި އައިފޯނު 6 އަދި ފެންޓޮމް ތްރީ ޕްރޮފެޝަނަލް ޑްރޯން އާއި ގޯޕްރޯ ހީރޯ 4 އާއި ޕްލޭ ސްޓޭޝަން 4 އާއި އައިޕެޑް އެއާ 2 އާއި ސެމްސަންގް ގެލެކްސީ އެޖް އަދި ގޫގުލް ނެކްސަސް 6 ވެސް ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.