ފަސްމުގޫ ބޮޑުކޮށް ޝޮޕިން މޯލަކަށް ބަދަލުކުރަނީ

އޭދަފުށި ޓައިމްސްވިޔަފާރި
އޭދަފުށީ ފަސްމުގޫ ފިހާރަ
އޭދަފުށީ ފަސްމުގޫ ފިހާރަ

ބ. އޭދަފުށީ ފަސްމޫގޫ ފިހާރަ މިހާރު ހުރި ވަރަށް ވުރެ ތިން ގުނަ ބޮޑުކޮށް ސޮޕިން މޯލަކަށް ބަދަލުކުރަން ނިންމައިފި އެވެ.

ފަސްމުގޫ ގްރޫޕްގެ ޑިރެކްޓަރ އިސްމާއިލް ޝަހީމު ވިދާޅުވީ ފަސްމުގޫ ފިހާރަ ބޮޑުކޮށް ޝޮޕިން މޯލަކަށް ބަދަލުކުރަން ހިންގާ މަޝްރޫއުގެ ދަށުން، އެ ފިހާރައިން ޝޮޕިން ކޮށްލަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާ ވިޔަފާރި ކުރެވޭނެ މާހައުލެއް ގާއިމް ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ފަސްމުގޫ ބޮޑު ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މޯލް ހުޅެވޭއިރު ކައުންޓަރުތައް އިތުރުވެ، ގިނަ ބާވަތްތަކެއްގެ ތަކެތި ލިބެން ހުންނާނެ ކަމަށް ފަސްމުގޫން ބުންޏެވެ.

އޭދަފުށީ ފަސްމުގޫ ފިހާރަ
އޭދަފުށީ ފަސްމުގޫ ފިހާރަ

އިސްމާއިލް ވިދާޅުވި ގޮތުގައި އެ ފިހާރަ ޝޮޕިން މޯލަކަށް ބަދަލުވުމާއެކު އެތަން ހުޅުވިގެންދާނީ ޒުވާނުންނަށް ވަޒީފާގެ ވަޒީފާގެ ގިނަ ފުރުސަތުތަކަކާ އެކު އެވެ.

“މޯލް ހުޅުވެންވާއިރަށް ސޭލްސް ގާލުން ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން، ވަރަށް ރަނގަޅު މުސާރައާއެކު އިތުރު އިނާޔަތްތައް އަޅުގަޑުމެން ދޭނަން. ވަޒީފާއަށް ޝައުގުވެރިވާ ކުދިން އަޅުގަނޑުމެނާ ގުޅަމުން ގެންދަންވީ،”

މީގެ 20 ވަރަކަށް އަހަރުކުރިން އާދައިގެ ގޮތަކަށްފެށި ފަސްމުގޫ ފިހާރައަކީ މިހާރު މިއަތޮޅުގައި އެންމެ ފުޅާ ދާއިރާއެއްގައި ހޯލް ސޭލުގެ އަދި ރީޓެއިލް ވިޔަފާރި ކުރާ ފަރާތެވެ. އެތަނުން މިހާރު އާއްމު މުދަލުގެ އިތުރުން އިލެކްޓްރޯނިކްސް އާއި ހާޑުވެއާރ މުދާ ލިބެން ހުރެއެވެ.

އޭދަފުށީ ފަސްމުގޫ ފިހާރަ
އޭދަފުށީ ފަސްމުގޫ ފިހާރަ

ފަސްމުގޫ ގްރޫޕުން ބުނީ، މޯލް ހުޅުވޭއިރު ފަރުނީޗަރާއި މެޝިނަރީޒުގެ ގިނަ ބާވަތްތަކެއް ބާޒާރަށް ނެރޭނެ ކަމަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...