އޭދަފުށީ ކައުންސިލުން މިރޭ ރައްޔިތުންނާ ބައްދަލު ކުރަނީ

އޭދަފުށި ޓައިމްސްޚަބަރު
ކައުންސިލުން ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

ބ. އޭދަފުށީ ކައުންސިލުން މިރޭ ރައްޔިތުންނާ ބައްދަލުކުރަން ނިންމައިފި އެވެ.

ކައުންސިލުން ބުނީ ބައްދަލުވުން އޮންނާނީ މިރޭ 21:00 ގައި މަލްޓިޕާޕަސް ހޯލްގައި ކަމަށެވެ. މި ބައްދަލުވުމުގައި ރަށުގެ ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ކައުންސިލުން އެދެ އެވެ.

މި ބައްދަލުވުންތަކުގެ ބޭނުމަކީ މިދިޔަ އަހަރު އޭދަފުށީ ކައުންސިލުން ހިންގި ހަރަކާތްތަކުގެ ރިޕޯޓާއި މާލީ ރިޕޯޓް ރައްޔިތުންނާ ހިއްސާ ކުރުމެވެ. މީގެ އިތުރުން  މިއަހަރުގެ ތެރޭގައި ހިންގުމަށް ރާވާފައިވާ ހަރަކާތްތަކާއި ގުޅޭގޮތުން ރައްޔިތުންނާއި މަޢުލޫމާތު ހިއްސާކޮށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުން ހިމެނެއެވެ.

ނަމަވެސް ކައުންސިލަށް ލާމަރުކަޒީ ގާނޫނުން ލާޒިމުކޮށްގެން ބާއްވާ މިފަދަ ބައްދަލުވުންތަކަށް ރައްޔިތުންގެ ފަރާތުން މާ ބޮޑު ތަރުހީބެއް ނުލިބޭކަން ފާހަގަކުރެވެ އެވެ. އެފަދަ ބައްދަލުވުންތަކަށް އަބަދު ވެސް ހާޒިރު ވަނީ ނިސްބަތުން ވަރަށް މަދު އަދަދެއްގެ ބައެކެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...