ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ)ގެ އެންމެ އުއްމީދީ އެއް ފިލްމު ކަމަށްވާ “ލަސްވިޔަސް”ގެ މަންޒަރުތަކެއް ބ. ކަމަދޫގައި ނަގާ ނިންމާލައިފި އެވެ.
“ލަސްވިޔަސް” އަކީ ޓެޑް ލިޔެ، ޑައިރެކްޓް ކުރާ ފިލްމެކެވެ. އޭނާ ބުނީ ޓީޒާ ފެށިގެން އަންނަ އިރު އެ އިވޭ ލަވައިގެ ކަޑި މުޅި ފިލްމުގެ ވާހަކަ އެއަށް ބިނާވެފައި ވާނެ ކަމަށެވެ.
ޓެޑްރީ ބުނިގޮތުގައި އެ ފިލްމުގެ ބައެއް މަންޒަރުތައް ނަގަން ހަމަޖެހިފައިވާ އެއް ލޮކޭޝަން ކަމަށްވާ ކަމަދޫގައި ނަގާ މަންޒަރުތައް މިހާރު އެއްކޮށް ވަނީ ނިމިފައެވެ.
ބައްޔަކާ ހަނގުރާމަކުރާ ކުޑައަންހެން ކުއްޖެއްގެ ވަށައިގެން އެނބުރޭ ވާހަކައެއް ކިޔައިދޭނެ “ލަސްވިޔަސް” ގެ މައިގަނޑު ކާސްޓުންނަކީ ކުރީގެ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަނާއި އަހުމަދު އީސަ (އާނަންދު) ގެ އިތުރުން މަރިޔަމް ޝިފާ އެވެ.
“ލަސްވިޔަސް” އަކީ ޓެޑްރީގެ ތިން ވަނަ ފީޗަރ ފިލްމެވެ. ޓެޑްރީގެ އެންމެ ފުރަމަ ޑައިރެކްޝަން އަކީ، 1994 ގައި ރިލީޒް ކުރެވުނު ފިލްމު ’ދެރިޔާ‘ އެވެ. މިފިލްމް ވަނީ، ބޮޑު ކާމިޔާބީއެއް ހޯދާ، އެންމް މޮޅު ފިލްމްގެ އެވޯޑުވެސް ހާސިލް ކޮށްފައެވެ.