މަސްތުވާތަކެއްޗާއެކު ކެންދޫން މީހަކު ހައްޔަރުކޮށްފި

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން

މަސްތުވާތަކެއްޗާއެކު ބ. ކެންދޫން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނިގޮތުގައި މިދިޔަ ހޯމަ ދުވަހު މަސްތުވާތަކެއްޗާއެކު ކެންދޫން އަތުލައިގެންފައި ވަނީ 26 އަހަރުގެ ފިރިހެނެކެވެ.

އޭނާ އަތުލައިގެންފައި ވަނީ ފުލުހުން ބުނިގޮތުގައި ކެންދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. އެގޮތުން އޭނާ ހައްޔަރުކޮށް، ބަލައި ފާސްކުރިއިރު އޭނާ ގެންގުޅުނު ފޮށިގަނޑުތަކެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ ހަފްތާ ވަނީ މިއަތޮޅު ދަރަވަންދޫން ވެސް މަސްތުވާތަކެތީގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފަ އެވެ.

މި މައްސަލަތައް ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...