ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ 65 ޕަސެންޓް މަސައްކަތް ނިމިއްޖެ

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން

ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ 65 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތްކުރާ އެމްޓިސީސީން މިއަދު ބުނެފި އެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތުގެ ބޭރުތޮށި ލުމުގެ މަސައްކަތުގެ 66 ޕަސެންޓާއި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 34 ޕަސެންޓް ވެސް މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 10،800 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 490 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ އިތުރުން 96 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ހިމެނެ އެވެ. މީގެ އިތުރުން އެރަށުގެ އުތުރު ފަރާތު ގޮނޑު ދޮށް ވެލިން މުއްސަނދި ކުރާނެ އެވެ.

ދަރަވަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުއަކީ 22.14 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...