ބ. ތުޅާދޫ ސްކޫލްގައި މަލްޓިޕާޕަސް ހޯލެއް އިމާރާތްކުރަން ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މަސައްކަތުގެ އެއްބަސްވުމުގައި އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީނިއަ ޕޮލިސީ ޑިރެކްޓަރު ނައުޝާދު އިބްރާހިމެވެ. ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖަރު ޝިއުސް ފަރީދެވެ.
ތުޅާދޫ ސްކޫލްގައި ހޯލް އިމާރާތްކުރުމުގެ މަސައްކަތް ހަވާލު ކުރީ 12.4 މިލިއަން ރުފިޔާއަށެވެ.
މި މަސައްކަތަކީ ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން ކުރިޔަށް ގެންދާ މަޝްރޫއު އެއްކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުންޏެވެ.